ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Saafukurumuge Silsilaa Program

ސާފުކުރުމުގެ ސިލްސިލާ ޕްރޮގްރާމް ހިންގުން.  

 

          ކުރެންދޫގެ އަތިރިމައްޗާއި، އަތިރިމައްޗާއި ގުޅިފައިވާ ހުސްބިންތައް ސާފުކުރުމުގެ ސިލްސިލާ ޙަރަކާތެއް މިއަހަރުގެ ކޮންމެ މަހަކު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ މަހަކުވެސް އެމަހަކަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުން އޮންނާނެއެވެ.

 

          ވީމާ، މިރަށުގެ އަތިރިމައްޗާއި، އަތިރިމައްޗާއި ގުޅިފައިވާ ސަރަހައްދާއި މަގުމަތީގައި، އެމީހެއްގެ ގޯތިން ބޭރުގައި ބަހައްޓާފައިވާ ދަރާއި، ބޭނުންނުކުރެވޭ ވަރަށް ވީރާނާވެފައިވާ ލަކުޑި، ކުނޑިގައު، ކަޅުހަން އަދި މިނޫންވެސް އެންމެހާ ތަކެއްޗާއި، ބޮއްކުރާ، ޑިންގީ، ލޯންޗް ފަހަރާއި، އަދި އުޅަނދުފަހަރުގެ ހަލް ފަދަ ތަކެތި، 22 ފެބްރުއަރީ 2018ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނެންގެވުމަށް ދަންނަވަމެވެ. އެތާރީޚްގެ ފަހުން، ސާފުކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، އެފަދަ ތަކެއްޗަށް ގެއްލުންވުމާއި، ނައްތާލުމަކީވެސް އެކަށީގެންވާ ކަމެކެމެވެ. އެކަމުގެ ސަބަބުން އެތަކެތީގެ ވެރިފަރާތްތަކަށް ލިބޭ މަދަނީ އެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނޭ ވާހަކަވެސް ދަންނަވަމެވެ. އުޅަނދުފަހަރު އެހެލާފައި ބަހައްޓަންވާނީ އުޅަނދު ފަހަރު އެހެލާފައި ބަހައްޓާ ސަރަހައްދުތަކުގައެވެ. މިއިދާރާއިން ހުއްދަ ހޯއްދަވައިގެން ރަށުގެ ހޭޅީގައިވެސް އުޅަނދުފަހަރު ބެހެއްޓިދާނެއެވެ. މީހަކު ނުވަތަ ބަޔަކު މަގުމަތީގައާއި ހުސްބިންތަކުގައި ޤަވާޢިދާއި ޚިލާފަށް ތަކެތި ބަހައްޓާފައި ހުރުމަކީ އަނެކަކު އެފަދަ ކަމެއް ކުރުމަށް އޮތް ހުއްޖަތެއް ނޫންކަމުގައިވެސް ދަންނަވަމެވެ. މަގުމައްޗާއި ހުސްބިންތަކުގައި ބަހައްޓާފައިވާ ތަކެތިވެސް ނެގުވުމުގެ މަސައްކަތް މިއިދާރާއިން ކުރަމުންދާ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

 

          މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.

 

         26 ޖުމާދަލްއޫލާ 1439

         12 ފެބްރުއަރީ 2018

 

                                                އިސްމާޢީލް މަދީޙް    

                                       ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ރައީސް

12 ފެބުރުވަރީ 2018
ހޯދާ