ދިވެހިރާއްޖެ
މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)383/383/2018/6 (17 ޖަނަވަރީ 2018) އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއަރ އަކީ މިފަދަ މަސައްކަތެއް ޙަވާލުކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޕޮއިންޓް ދެވޭނެ ކްރައިޓީރިއަރ އެއްނޫންކަމަށް މިއިދާރާގެ އިވެލުއޭޝަން ކޮމެޓީން ނިންމާފައިވާތީ، އެ ޢިއުލާން ބާތިލުކޮށް އަލުން އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ޖަމްޢިއްޔާ އަކުން މައުލޫމާތު ސާފުކުރާނަމަ ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް ހާޒިރުވާފަރާތް އަންގައިދޭ ސިޓީއެއް (ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ލެޓާރހެޑްގައި) ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.