ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއިބެހޭ

މި އިދާރާގެ ނަންބަރު: (IUL)417-CA/417/2018/10 (29 ޖެނުއަރީ 2018) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

އިޖުތިމާޢީ ސަރަހައްދު (ޖެޓީ / މަގުމަތި) ބައްތިތައް 01 އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ފެބްރުއަރީ 18 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބްރުއަރީ 22 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ވިޔަފާރީ ރަޖިސްޓްރީކޮށްފައިވާ ފަރާތްނޫން އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ އެފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މައުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2018
ހޯދާ