ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ޤާނޫނީ ލަފާދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއދާރާގެ ނަންބަރު (IUL)415-HR/415/2017/25 ޢިއުލާނާއި ގުޅިގެން އެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަސައްކަތް: |
ޤާނޫނީ ލަފާދިނުން |
ބޭނުންވާ ޢަދަދު: 01 |
||
މަސައްކަތުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަސައްކަތަކީ ކޮންޓްރެކްޓް އުޞޫލުން 03 މަސްދުވަހުގެ މުއްދަތަށް، ކުރުމަށް ޙަވާލުކުރެވޭ މަސައްކަތެކެވެ. |
|||
މި މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރަ: |
މަހަކު 10,000/- (ދިހަހާސް ރުފިޔާ) |
|||
މަސައްކަތްކުރަންޖެހޭ ގަޑިތައް: |
އިދާރާއިން ކަނޑައަޅާ ގަޑިތަކެއްގައި. މަސައްކަތްކުރާނޭ ގަޑިތައް މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ބަޔާންކުރެވޭނެއެވެ. |
|||
މި މަސައްކަތް ކޮށްދޭ ފަރާތުގެ ތަޢްލީމީ ފެންވަރު: 1- ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ 3- ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
||||
މަސައްކަތް ކޮށްދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ހުނަރު:
|
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ކައުންސިލުގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުމުގެ ޤާބިލުކަން ލިބިފައިވުން.
|
|||
މަސައްކަތާއި ގުޅޭ މައިގަނޑު ކަންތައްތައް:
|
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- މަސައްކަތްކުރުމަށް އެދި ހުށަހަޅަންޖެހޭ ސިޓީ. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މަސައްކަތްކޮށްދިނުމަށް އެދޭ ފަރާތުގެ އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދތުތައް. 4- އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް. |
|||
ސުންގަޑި: |
22 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް. |
|||
މި މަސައްކަތް ކޮށްދިނުމަށް 1 ފަރާތުން ކުރިމަތިލީ ކަމުގައިވިޔަސް އެ ފަރާތެއްގެ ތަޖުރިބާއަށް ބަލައި، އެ ފަރާތާއި މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.