މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބުރާންޗްގެ ދެކުނުންހުރި ޢިމާރާތް ހުސްކުރުން

ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގެ ދެކުނުން އޮތްބިމުގައި ހުރި 2 ބުރި ޢިމާރަތް ސަރުކާރުގެ އޮފީހަކަށް ބޭނުންކުރުމަށް ދޫކުރާގޮތަށް ހަމަޖެހިފައިވާތީވެ އެ ޢިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއްވާނަމަ މިއަދުންފެށިގެން 15(ފަނަރަ) ދުވަހުގެތެރޭގައި ގެންދެވުން އެދެމެވެ. އަދި އެ ޢިމާރާތާއި ލިންކްރޯޑާއި ދެމެދުގައި ބަހައްޓާފައިހުރި ބާވެ ހަލާކުވެފައިވާ ވެހިކަލްތައްވެސް އޭގެ ވެރިފަރާތުން މި މުއްދަތުގެ ތެރޭގައި ގެންދެވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި މިތަކެތި ނުގެންގޮސްފިނަމަ އެފަދަތަކެތި ބަހައްޓާތަނަކަށް ގެންދެވޭނެއެވެ. މި ގޮތުން ގެންދިއުމުގައި ލިބޭގެއްލުމަށް މިޑިޕާރޓްމަންޓްއިން ޒިންމާނުވަނެވާހަކަވެސް ދެންނެވީމެވެ.  

12 ފެބުރުވަރީ 2018
ހޯދާ