ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2018/13
އިޢުލާން އިޢުލާން
15ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތުގެ އޮފިޝަލުންގެ ކެއުމާއި ސައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މިއެސޯސިއޭޝަނުން މާރިޗު މަހުގެ 20 ން 31 ށް ބޭއްވުމަށް ހަމަޖެހިފައިވާ 15ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތުގެ އޮފިޝަލުންގެ ކެއުމާއި ސައި ފޯރުކޮށްދޭނެ ފަރާތެއް ބޭނުން ވެއެވެ.
ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށް މިއެސޯސިއޭޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން މިއެސޯސިއޭޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
12 ފެބްރުއަރީ 2018