ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ މަރާމާތުގެ މަސައްކަތްކުރުން
ހއ ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގައި ކުރަން ހުރި ބައެއް މަރާމާތުތަކާއި އަޕްގްރޭޑިންގ ގެ މަސައްކަތްތައް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 22 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 1:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އަންދާސީ ހިސާބުގައި މި ކައުންސިލްގެ އިދާރާއިން ޢަމަލުކުރާނެ އުސޫލު ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު، އެ ބައްދަލުވުމަށް ވަދެވޭނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑީގައި ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑިޖެހިގެން ނުވަތަ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ. އެ ބައްދަލުވުމުގައި އެއްވެސް ފަރާތަކަށް ދެ ފަރާތުގެ ނަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކެއް ތަމްސީލެއް ވެސް ނުކުރެވޭނެއެވެ. އަދި އެ ގޮތަށް އަންދާސީ ހިސާބެއް ވެސް ހުށައެއް ނޭޅޭނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅަނީ ކުންފުންޏަކުން ނުވަތަ ކޯޕަރެޓިވް ސޮސައިޓީއަކުން ނަމަ، އެ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގޭ ގޮތަށް ކުންފުނިން ނުވަތަ ކޯޕަރަޓިވް ސޮސައިޓީއިން ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ކުންފުނީގެ ނުވަތަ ކޯޕަރެޓިވް ސޮސައިޓީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅަނީ ވަކި ފަރުދެއްގެ ނަމުގައި ނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އެ ފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
- މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
11 ފެބުރުވަރީ 2018
ހޯދާ