ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2018-07
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމަށް 30 ޖަނަވަރީ 2018 ގައި ކުރެވުނު އިޢުލާން ނަންބަރު 153-FHTS-2018-05 ގައިވާ ބައެއް މާއްދާތަކަށް އެދެވޭވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2018 ޓާރމް 1 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.
# |
Module Name |
Level |
No. of Part-Time Lecturers Needed |
Course Name |
1 |
First Aid component for the module of First Aid and Firefighting |
67 |
1 |
Certificate 3 in Front Office |
2 |
Sustainable Island Resort Management |
309 |
1 |
Bachelor of Science in Hotel and Resort Management |
3 |
Performance Management |
343 |
1 |
Bachelor of Hospitality Management (Human Resources) |
ޝަރުތު:
- ސެޓްފިކެޓް ލެވެލް 3 ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ބެޗްލަރ ޑިގްރީ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެވާހަކަވެސް ދަންނަވަމެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ
- މީގެ އިތުރުން މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަން ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މިކަމަށް އެދިލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.