ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުމަށް ބަޔަކު ހޯދުމާގުޅޭ

 

ނަމްބަރ:372-A1/2018/05

އިޢުލާން

            ފ.މަގޫދޫ އިޖްތިމާޢީ ސަރަޙައްދު މިއިދާރާއިން އަންގާ ގޮތެއްގެމަތިން ކުނިކަހާ ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މިކައުންސިލްގެ ނަމްބަރު: 372-A1/2018/03 ( 21 ޖަނަވަރީ 2018 ) ވަނަދުވަހު ކުރި އިޢްލާނަށް އެއްވެސްފަރާތަކުން ކުރިމަތި ލާފައި ނުވާތީ ފ.މަގޫދޫ އިޖުތިމާޢީ ސަރަހައްދު  މިކައުންސިލުން އަންގާގޮތެއްގެ މަތިން -/16666 ރުފިޔާއަށް 2018 ޑިސެމްބަރ 31 ގެ ނިޔަލަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ.

            

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން

ފ. މަގޫދޫ ކައުންސިލް ޢިދާރާގައި

މަޢުލޫމާތު ސާފްކުރުން

2018 ފެބުރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި

އަންދާސީ ހިސާބު ހުށައެޅުން

2018 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި

ބިޑްފޮތްވިއްކުން

2018 ޖަނަވަރީ 15 ވަނަދުވަހުން ފެށިގެން. ފޮތެއް -/50ރ އަށް

 

 

            މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ވެވޭނީ ބިޑްފޮތް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފްނުކުރާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑި ޖެހިގެން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. މަގޫދޫ އިޖުތިމާޢީ ސަރަޙައްދު ސާފްކޮށްބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                                   25 ޖުމާދަލްއައްވަލު 1439

                                 11 ފެބުރުއަރީ 2018 

11 ފެބުރުވަރީ 2018
ހޯދާ