މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލުން ތަރައްޤީކުރާ ކުޑަކުދިންގެ ޕާރކްގެ ވަށާފެންސަށް ގައުއެޅުމާއިބެހޭ

 

 

 

 

`

                   

 

 

 

 

 

  މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

ބ. ތުޅާދޫ، ދިވެހިރާއްޖެ

Secretariat of the Thulhaadhoo Council, South Maalhosmadulu

Ba.Thulhaadhoo, Rep. of, Maldives

 

                ނަންބަރު: IUL)321/321/2018/27)

އިޢުލާން

 

 

ތުޅާދޫ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކުގެ ވަށާފާރަށް  ބޭނުންވާ 265 ސިމެންތި ޖާލި، މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)321/321/2018/16 (30 ޖެނުއަރީ 2018) އިޢުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.

 

ޕޮއިންޓް ދެވޭނެ އުޞޫލު

 

މާރކްސް ދެވޭ

ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްޟީލް

ފޯމިއުލާ

އަގު

90%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark price/submitted price) x Allocated Percentage

މުއްދަތު

 5%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ.

(Submitted Duration/Bench mark duration) x Allocated Percentage

ތަޖްރިބާ

5%

-        މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) ލިޔުންތައް ހުށަހެޅުން، އެންމެ ގިނަ މަސައްކަތްކޮށްފައިވާ ފަރާތަކީ އެންމެ ގިނަ މާރކްސް ލިބޭފަރާތްތަކުގައި ބަލައިގެންނެވެ.

(Experience marks /Bench mark experience marks) x Allocated Percentage

 

 

                 

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބްރުއަރީ 14 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ށް ތުޅާދޫ ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2018 ފެބްރުއަރީ 18 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600006 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ އަމިއްލަފަރާތެއްނަމަ، ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ.

 

                25  ޖުމާދުލްޢޫލާ   1439

                11    ފެބްރުއަރީ   2018

                                                         ޚާދިމުކުމް

  

                                                       އަޙްމަދު ރަޝީދު

                                                    ތުޅާދޫކައުންސިލްގެރައީސް

11 ފެބުރުވަރީ 2018
ހޯދާ