ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2018/019
އިޢުލާން
ހައުސިން ޔުނިޓްތަކަށް ނަރުދަމާގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ:
މިކުންފުނީގެ ބްރާންޗްތަކުގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ވެބް ސައިޓް www.fenaka.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހު 13:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
25 ޖުމާދަލް އޫލާ 1439
11 ފެބްރުއަރީ 2018
