ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމަށް ހުށައަޅާ ފޯމް ފުރިހަމަ ކުރުމާއި ބެހޭ

ތާރީޚް: 11 ފެބުރުވަރީ 2018

ނަންބަރު: (IUL)327-B/327/2018/20

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމަށް ހުށައަޅާ ފޯމް ފުރިހަމަ ކުރުމާއި ބެހޭ

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމަށް އެދި މިއިދާރާއަށް ހުށައަޅާ ފޯމުތަކުގައި ވެރިފަރާތާއި ގުޅޭ ފޯން ނަންބަރު ނުޖަހާ ހުންނަކަން ފާހަގަ ކުރެވެއެވެ. މިހެން ހުރުމުގެ ސަބަބުން ވަރަށް ގިނަ ރަޖިސްޓަރީ ނިންމާފައިވެސް ވެރިފަރާތާއި ގުޅޭނެ ގޮތެއް ނެތިގެން ހަވާލު ނުކުރެވި މިއިދާރާގައި ހުންނަކަން ފާހަގަ ކުރެވެއެވެ.

 

ވީމާ 11 ފެބުރުވަރީ 2018 އިން ފެށިގެން ވެރިފަރާތާއި ގުޅޭނޭ ފޯން ނަންބަރާއި، އިތުރު މަޢުލޫމާތު ތައް ފުރިހަމަނުކޮށް ހުންނަ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމަށް އެދި ހުށައަޅާ ފޯމްތައް މިއިދާރާއަށް ބަލައިނުގަންނާނެ ވާހަކާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި އެންގީންމެވެ.

11 ފެބުރުވަރީ 2018
ހޯދާ