ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

 

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާ ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.

މާއްދާ:

(CPT237) މަލްޓިމީޑިއާ ޓެކްނޮލޮޖީ ފޮރ ޓީޗަރސް

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2018 ފެބްރުއަރީ 14 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected]އަށެވެ.

11 ފެބުރުވަރީ 2018
ހޯދާ