ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާްއިބެހޭ

މިހިނގާ 2018 ވަނައަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވެގެން 03 ޑިސެމްބަރ 2017 ގައި ކުރެވުނު މިސްކޫލުގެ ނަންބަރު GS116(IUL) /2018/003  އިޢުލާނާއިގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

            މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،  އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަނެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ދަންނަވަމެވެ. އަދި މިކަމަށްއެދި ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ  ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު 6560572 ފޯނާއި ގުޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

14 ފެބުރުއަރީ 2018 ( ބުދަ ) ދުވަހުގެ 13:30 ގައި

އެސްޓިމޭޓް ހުށައެޅުން

 22 ފެބުރުއަރީ 2018 ( ބުރާސްފަތި ) ދުވަހުގެ   13:30 ގައި

 

      25  ޖުމާދަލްއޫލާ    1439

11 ފެބުރުވަރީ 2018
ހޯދާ