މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް 02 ގައި ބައިވެރިވުމުގެ ފުރުސަތު:

ނިޔަމި ކޯސް ލެވެލް 02 ގައި ބައިވެރިވުމުގެ ފުރުސަތު:

         އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކަކީ ނިޔަމި ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް  ވާންޖެހޭތީވެ، އެފަދަ ފަރާތްތަކަށް މި ފުރުސަތު ފަހިކޮށްދިނުމުގެ  ގޮތުން  އެމް.އެން.ޑީ.އެފް އާއި މި ކައުންސިލް  ގުޅިގެން ރ. އަނގޮޅިތީމާއި ، ރ. ހުޅުދުއްފާރު އަދި ރ. ރަސްގެތީމް، މި ތިން ރަށުގެ  18 އަހަރުން މަތީގެ މިފަދަ ފަރާތްތަކަށް ޚާއްސަ ކޮށްގެން  ނިޔަމި ކޯސް ލެވެލް 02 ރ.އަނގޮޅިތީމްގައި  ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ހިންގުމަށް ގަސްދުކޮށްފައި ވަނީ  މި ހިނގާ ފެބްރުއަރީ  18 ން 22ގެ ނިޔަލަށް 05 ދުވަހުގެ މުއްދަތަށެވެ. ކޯހަށް ދައްކަންޖެހޭ ފީ ކަނޑައެޅިގެންދާނީ ބައިވެރިވާ  ބައިވެރިންގެ އަދަދަށް ބަލައިގެން ކަމަށްވާތީ ފީގެ އަދަދު ބައިވެރިންނަށް ފަހުން އެންގޭނެއެވެ. އަދި ފީގެ ގޮތުގައި ވީހާވެސް ކުޑަ އަދަދެއް ކަނޑައެޅުމަށް ކައުންސިލްއިން މަސައްކަތް ކުރާނެ ކަމުގައި ދަންނަވަމެވެ.

           ވީމާ ، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 ފެބްރުއަރީ 2018ވަނަ ދުވަހުގެ  14.00ގެ ކުރިން ކޯހުގައި ބައިވެރި ވުމަށް އެދި ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށް އައިޑީކާޑު ކޮޕީއާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ޤާސިމް ހުސައިން (މޮބައިލް 7750001) އާއި ގުޅުއްވުން އެދެމެވެ.

                   19   ޖުމާދުލްޢޫލާ  1439

                   05   ފެބްރުއަރީ   2018 

05 ފެބުރުވަރީ 2018
ހޯދާ