ދިވެހިރާއްޖެ
އިޢުލާން ނަންބަރު: |
(IUL) 438/438/2018/52 |
|
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ޤާއިމްކުރާ އިކޯ-ޓުއަރިޒަމް ފެސިލިޓީތަކަށް ބޭނުންވާ ވެހިކަލްތައްސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް (IFB No.: 020/TF019383):
1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ދަށުން ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ޤާއިމްކުރާ އިކޯ-ޓުއަރިޒަމް ފެސިލިޓީތަކަށް ބޭނުންވާ ވެހިކަލްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ތިރީގައި ބަޔާންކޮށްފައިވާ ވެހިކަލްތައް ސަޕްލައި ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
03 ޕެސެންޖަރ ބަގީ (5 ސީޓާ)
01 ޕެސެންޖަރ ބަގީ (9 ސީޓާ)
02 ކާގޯ ޓްރައިސައިކަލް (އިލެކްޓްރިކް)
02 ސުރޭ ސައިކަލް (6 ސީޓާ)
02 ސުރޭ ސައިކަލް (4 ސީޓާ)
3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު،IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތިހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
4. މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
5. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2018 ފެބުރުވަރީ 28 ވަނަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެއެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 22 ފެބުރުވަރީ 2018ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
7. މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަން ޖެހޭނެވެ.
8. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 01ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގ،
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން+960 3018 419 :
ފެކްސް: +960 3018 301
އީމެއިލް: [email protected]
08 ފެބުރުވަރީ 2018