މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރ.ވީ ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރ.ވީ ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާ، ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ނެރެންޖެހޭ "ބައިއެނުއަލް އަޕްޑޭޓް ރިޕޯރޓް" (ބީ.ޔޫ.އާ.ރ) ތައްޔާރުކުރުމުގެ ގޮތުން ހަދަންޖެހޭ "މެޝަރިންގް ރިޕޯޓިންގް އެންޑް ވެރިފައިންގް" (އެމް.އާރު.ވީ) ނިޒާމެއް އެކުލަވާލުމަށާއި ކްލައިމެޓް ފައިނޭންސް ޓްރެކްކުރުމުގެ މިންގަނޑުތަކެއް އެކުލަވާލާނެ ފަރާތެއް ހޯދުމަށް 15 ޖަނަވަރީ 2018 ގައި ކުރެވުނު ނަންބަރު IUL)438-CCS/438/2018/23) އިޢުލާނަށް އެދެވިގެންވާ އަންދާޒީ ހިސާބު ނުލިބުމުގެ ސަބަބުން،  އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި

  • މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 21 ފެބުރުވަރީ 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައެއްގައި ތިރީގައި މިވާ ގޮތަށް ސިޓީ އިރައިގެ ބޭރުގައި ލިޔުއްވާފައެވެ.

 

"ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރ.ވީ ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ"

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

 

ޕްރޮކިޔުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: +9603018306 ، 3018329+960

08 ފެބުރުވަރީ 2018
ހޯދާ