ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
06 ސަރަޙައްދެއް ވަރުވާއަށް ދޫކުރުމާއި ބެހޭ

މި އިދާރާއިން  ވަރުވާއަށް ދޫކުރުމަށް ބޭނުންވާ ތިރީގައި ދަންނަވާފައިއެވާ، 06 ސަރަޙައްދު ވަރުވާއަށް ދިނުމަށް ބޭނުންވެއެވެ.

 

ވީމާ، މިބިން 03 (ތިނެއް) އަހަރަށް ވަރުވާއަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތުގެ ތަފްޞީލް ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6520043 މި ނަންބަރަށެވެ.

 

 

#

 

ގޮޅި

 

ސަރަޙައްދު

1

އެއް ނަންބަރު ގޮޅި

އަމީނީމަގު (ބޮޑުމަގު) ގެ އުތުރުފަޅި

2

އުނިގަސްމަގު ރުއްގަނޑު

އުނިގަސްމަގުގެ ދެކުނުން، އުނިގަސްމަގުން މިސްކިތައްދާމަގު (ލައްބޮޑުބެ ހިނގާމަގު) އުތުރުން، އުނިގަސްމަގު ހޫނުފަސްގަނޑާދިމާއިން މިސްކިތައްދާ މަގުގެ އިރުން.

3

ބަނދަރު ރުއްގަނޑު

މާގާންފުޅުވަށައިގެން ހުރި ރުއްތަކާއި ބަނދަރުގައިހުރި ރުއްތައް (ބާބަކިޔު ސަރަޙައްދާ ހަމަޔަށް ދެކުނަށް)

4

ހަތް ނަންބަރު ގޮޅި

ސީނިޔާމަގުގެ ދެކުނުން، ބޯށިމަގުގެ ދެކުނާ ދެމެދުގައިވާ ސަރަޙައްދު

5

ހަތަރު ނަންބަރު ގޮޅި

ބޯށިމަގުގެ އުތުރުން، އަމީނީމަގުގެ ދެކުނާ ދެމެދުގައިވާ ސަރަޙައްދު

6

ފެކްޓްރީ އެޅުމަށް ކަނޑައެޅި ބިން

ސޯސަންމަގުގެ އިރުން، ސަލާމްމިސްކިތުގެ ދެކުނުން، ފިނިރޯޅި ހިނގުމުގެ ހުޅަނގުން، ޗަމްޕާމަގުގެ އުތުރުން.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ފެބުރުވަރީ 2018
ހޯދާ