މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމް:

ޕްރޮކިއުމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-290977

ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

(އެމް.އެސް 2)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ނޭޝަނަލް ޓެންޑަރ ޔުނިޓް

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

މުސާރަ

މަހަކު 6,295/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އިތުރު ޢިނާޔަތްތައް:

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޕްރޮޖެކްޓްތަކުގެ ޓެންޑަރ ޕްލޭނާއި ޓެންޑަރ ޝެޑިއުލް އަދި އިޢުލާނު ތައްޔާރުކުރުމާއި ޗެކްކުރުމުގެ މަސައްކަތް ކުރުން.

 

  • ޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށް ޑޮކިއުމަންޓްތައް ޗެކްކުރުން.

 

  • ޕްރޮޖެކްޓްގެ ޕްރީ-ބިޑް މީޓިންގ ތައް ހަމަޖެއްސުމާއި، މީޓިންގތައް ބޭއްވުން.

 

  • ޕްރީ-ބިޑްގައި ހުށަހެޅޭ ސުވާލުތަކާއި، ޕްރޮޖެކްޓާއި ގުޅޭގޮތުން ހުށަހެޅޭ ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުން

 

  • ޕްރޮޖެކްޓްގެ ބިޑް އޯޕަނިންގ އިންތިޒާމު ކުރުމާއި، ބިޑް އޯޕަނިންގ ބޭއްވުން.

 

  • ޕްރޮޖެކްޓުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވެލުއޭޝަން ހެއްދުމާއި އިވެލުއޭޝަން ރިޕޯޓުތައް ޗެކްކުރުން.

 

  • ޕްރޮޖެކްޓްގެ ޓެންޑަރިންގ އަދި އިވެލުއޭޝަން ސްޓޭޖުގައި ދިމާވާ އެކިކަހަލަ މައްސަލަތަކުގެ ތަފްސީލް ތައްޔާރުކޮށް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން.

މަޤާމްގެ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ފައިނޭންސް/އެކައުންޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ބިލްޑް އިންވިރޯންމެންޓް/ކޮމަރސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ފައިނޭންސް/އެކައުންޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ބިލްޑް އިންވިރޯންމެންޓް/ކޮމަރސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ފައިނޭންސް/އެކައުންޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ބިލްޑް އިންވިރޯންމެންޓް/ކޮމަރސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

ނުވަތަ

  • ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ފައިނޭންސް/އެކައުންޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ބިލްޑް އިންވިރޯންމެންޓް/ކޮމަރސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމުގައި ބަލާނެ ކަންތައްތައް:

-          ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

-          ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

-          ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

-          މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެނގުން

-          ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު

-          ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިއުމަންޓް ބާބު އަދި އެއާއި ގުޅޭ އެހެނިހެން ބާބުތަކަށް އަހުލުވެރިވެފައިވާ މިންވަރު

-          ޕަބްލިކް ޕްރޮކިއުމަންޓް ދާއިރާގައި މެދުނުކެނޑި ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތައް

-          ޕަބްލިކް ޕްރޮކިއުމަންޓްއާއި ގުޅޭ ޓްރެއިނިންގ ލިބިފައިވާ ފަރާތްތައް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 

-          ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  

-          ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫއްކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓަރާސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

-          ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

-          ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓަރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

 

-          މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އަދި ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  މި މިނިސްޓްރީގެ (www.finance.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  19 ފެބްރުވަރީ 2018 ވާ (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 28 ފެބްރުވަރީ 2018 އާއި    28  މާރިޗް 2018 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349252/3349335 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3338034 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

08 ފެބުރުވަރީ 2018
ހޯދާ