އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ކުނި ނައްތާލާނެ ފަރާތެއް ހޯދުމާއި ގުޅޭ:

ޢިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ކުނި ނައްތާލާނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

ނަންބަރު: (IUL)341-PRG/341/2018/6

ތާރީޙް: 07 ފެބްރުއަރީ 2018

މުއްދަތު ހަމަވާ ތާރީޙް: 13 ފެބްރުއަރީ 2018

 

މިރަށުގެ ޢިޖްތިމާޢީ ސަރަހައްދުތަށް ސާފުކޮށް އެސަރަހައްދުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް 19000/- (ނަވާރަހާސް) ރުފިޔާއަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ އަގަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  13 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 11:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލްކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ. 

 ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ފެބުރުވަރީ 2018
ހޯދާ