ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވެހިކަލް ގަތުމާއި ބެހޭ ގޮތުން ކުރި ނަމްބަރ (IUL)415/415/2018/7 ( 18 ޖަނަވަރީ 2018 ) ގެ އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަ ދެއްވާފައި ނުވާތީ އެއިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރުން
ތިނަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ވެހިކަލް ގަތުމާއި ބެހޭ ގޮތުން މިއިދާރާ އިން ކުރި އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަ ދެއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކޮށް ،އަލުން ވެހިކަލް ވިއްކުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ގަތުމަށް ބޭނުންވާ ވެހިކަލް
ޕިކަޕް ( 2 )
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައި ދެންނެވުނު 2 ޕިކަޕް ވިއްކުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.