މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1439ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ

އިޢުލާން

 

1439ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ

1439 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން 05 ފެބްރުއަރީ 2018 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެދީފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށެވެ.

     ޕްރޮޕޯޒަލްފޮތް 08 ފެބްރުއަރީ 2018  (ބުރާސްފަތި) ދުވަހުން ފެށިގެން 12 ފެބްރުއަރީ 2018  (ހޯމަ) ދުވަހަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:30އަށް މިމިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ޕްރޮޕޯޒަލްފޮތުގެ އަގަކީ 35,000.00 (ތިރީސް ފަސްހާސް) ދިވެހި ރުފިޔާއެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ 13 ފެބްރުއަރީ 2018  (އަންގާރަ) ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ މީޓިންގރޫމުގައި އޮންނާނެއެވެ. ޕްރީ-ބިޑް މީޓިންގ ގައި ބައިވެރިވެނޭނީ ޕްރޮޕޯޒަލް ފޮތް ގަނެފައިވާ ކުންފުނިތަކަށެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1439 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯޒަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 ފެބްރުއަރީ 2018 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00ގައި، ޕްރޮޕޯޒަލް ހުށަހަޅުއްވާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ ޕޮރޮޕޯޒަލް ފޮތް ގަނެ ޕްރީ-ބިޑް މީޓިންގ ގައި ބައިވެރިވެފައިވާ ކުންފުނިތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                                        20 ޖުމާދަލްއޫލާ  1439

06 ފެބުރުވަރީ 2018
ހޯދާ