މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫސިޓީ މީދޫ ޝަމްސުއްދީން ސްކޫލް ހުންނަ ސަރަހައްދުގައި ހުރި ރުއްގަސްތަކާ ބެހޭ
އައްޑޫސިޓީ މީދޫ ޝަމްސުއްދީން ސްކޫލް ހުންނަ ސަރަހައްދުގައި މަޖުދުއްދީނުމަގުގެ ދެކުނު ފަޅީގައި ހުރި ރުއްތަކުގެ ތެރެއިން 1 ން 28 ށް އަދި 45 ން 48 ށް ނަންބަރު ޖަހާފައިވާ ރުއްތަކާއި ޝަމްސުއްދީންމަގުގެ އިރުއުތުރު ފަޅީގެ ކަންމައްޗަށްވާ ގޮތަށް ހުރި 41 ން 44 ށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ އެކަން އެނގޭ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރެފަރެންސް ލިޔުމަކާއެކު 12 ފެބުރުވަރީ 2018 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން މި މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނަށް އަންގަވައިދެއްވުން އެދެމެވެ.
06 ފެބުރުވަރީ 2018
ހޯދާ