ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތް ސައިންސަސް / ސްކޫލް އޮފް ނަރސިނގ
ޢިއުލާން
ނަންބަރު: MED-153-sn/2018/ 03
ތަކެތި ދިނުމުން ސީލިންގ ކެސެޓް 4 އެއަރކޮންޑިޝަން ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ފެކަލްޓީ އޮފް ހެލްތު ސައިންސް / ސްކޫލް އޮފް ނަރސިންގ އިން ތަކެތި ދިނުމުން 04 ސީލިންގ ކެސެޓް އެއަރކޮންޑިސަން ސިސްޓަމް ހަރުކޮށްދިނުމާއި މިސިސްޓަމްތަކަށް ބޭނުންވާ ކަރަންޓް ޕޮއިންޓް އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މަތީގައި މިވާ މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބުރުވަރީ 07 ވަނަ ދުވަހުގެ 13:30 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ފެބުރުވަރީ 08 ވަނަ ދުވަހުގެ 13:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ފެކަލްޓީގެ ނަންބަރު 3346555 ،3346510 ފޯނަށް ގުޅުއްވުން އެދެމެވެ.