މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މާލޭގެ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައުލަތަށް ދައްކަންޖެހޭ އަގާއި، ޓެކްސް ކަނޑައެޅުމުގެ ބޭނުމަށް ބިން ވިއްކޭނެ އެންމެ ދަށްއަގު އަންގައިދޭ ތާވަލް އަދި ޗާޓަށް ގެނެވުނު އިޞްލާޙާއި ގުޅޭ
                
                    މި އިޢުލާންވަނީ 05 ފެބުރުވަރީ 2018 14:45 ގައި ބާތިލް ކުރެވިފައެވެ.
ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ، މާލޭގެ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައުލަތަށް ދައްކަންޖެހޭ އަގާއި، ޓެކްސް ކަނޑައެޅުމުގެ ބޭނުމަށް ބިން ވިއްކޭނެ އެންމެ ދަށްއަގު އަންގައިދޭ ތާވަލް އަދި ޗާޓަށް، 01 ފެބްރުއަރީ 2018 ގައި ގެނެވުނު އިޞްލާޙު ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
މިއިޢްލާނާއެކު ގެނެވުނު ބަދަލުތައް އަންގައިދޭ ގޮތުގެ ތާވަލް އަދި މާލޭގެ ޒޯންތައް ބެހިފައިވާ ގޮތުގެ ޗާޓެއް އެއްކަރުދާސް ކުރީމެވެ.
             05 ފެބުރުވަރީ 2018
            
        
                    ހޯދާ  
                
                