ދިވެހިރާއްޖެ
ނަންބަރު: 55/FNK/A/IUL/2018
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
|
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމް: |
|
01 (އެކެއް) |
ބޭނުންވާ އަދަދު: |
|
އައި.ސީ.ޓީ ޑިޕާރޓްމަންޓް |
ޑިޕާރޓްމަންޓް: |
|
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
|
10100ރ. (ދިހަހާސް އެއްސަތޭކަ ރުފިޔާ) |
އަސާސީ މުސާރަ: |
|
މުސާރައިގެ %40 |
ސަރވިސް އެލަވަންސް: |
|
މުސާރައިގެ %20 |
ހާޟިރީ އެލަވަންސް: |
|
މުސާރައިގެ %40 |
އިތުރުގަޑީގެ އެލަވަންސް: |
|
(ހ) އައި.ސީ.ޓީ އާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 06 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ (ށ) އައި.ސީ.ޓީ އާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 06 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ (ނ) އައި.ސީ.ޓީ އާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ރ) މައިކްރޮސޮފްޓް ސެޓިފައިޑް ސޮލިއުޝަންސް އެސޯސިއޭޓް (އެމް.ސީ.އެސް.އޭ) މޮޑިއުލް 01 ފުރިހަމަ ކޮށްފައިވުން. (ބ) ސިސްކޯ ސެޓިފައިޑް ނެޓްވޯރކް އެސޯސިއޭޓް (ސީ.ސީ.އެން.އޭ) ފުރިހަމަ ކޮށްފައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 09:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
19 ޖުމާދަލްއޫލާ 1439
05 ފެބްރުއަރީ 2018
