ދިވެހިރާއްޖެ
އިޢުލާން
ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މެއި)" ގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެއްވާ ޢިނާމެކެވެ. މި ޢިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.
މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި ޢިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވިފައިވާކަން ޢާންމު ކުރުމުގެ ގޮތުން ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މިއަހަރުގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރަކީ "ޓޮބޭކޯ އެންޑް ހާޓް ޑިޒީޒް" އެވެ. ވީމާ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލެއްވުމަށް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 11 ފެބުރުވަރީ 2018 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް ހުށަހަޅުއްވަން ބޭނުންވާ ފޯމް އަދި މަޢުލޫމާތު ހެލްތް މިނިސްޓްރީގެ ރިސްޕްޝަނުންނާ މިނިސްޓްރީގެ ވެބްސައިޓް www.health.gov.mv ލިބިވަޑައިގަންނަވާނެއެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިނގަންނަވާނަމަ މި އެޖެންސީގެ ނަންބަރ: 3014411/3014455 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] މި އީމެއިލް އަށް ފޮނުވުން އެދެމެވެ.
15 ޖުމާދަލްއޫލާ 1439