މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރަސްމިއްޔާތެއް ބޭއްވުމަށް ޓެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު


ރަސްމިއްޔާތެއް ބޭއްވުމަށް ޓެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ށ. މިލަންދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ޓެންޓެއް ހަދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ ގޮތަށް ޓެންޓް ހެދުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވާލަމެވެ.

  • 40 ފޫޓް X 80 ފޫޓް ޓެންޓް
  • ޓެންޓް ވަށައިގެން ފަރުދާ ލެވިފައި (ސަތަރި/ފޮތި ދޮރު)
  • އަވިނުދޭ ގޮތަށް އަދި ވާރޭ ނުވެހޭ ގޮތަށް ހިޔާކުރެވިފައި
  • ސަތަރި/ފޮތި ކުލަ: ހުދުކުލަ

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހިމަނަންޖެހޭ ކަންތައްތައް:

  • މާލެއިން ފެށިގެން ށ. މިލަންދޫއާއި ހަމައަށް ޓެންޓް ހެދުމަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުން އަދި ރަސްމިއްޔާތު ނިންމާ ޓެންޓް މާލެއާއި ހަމައަށް ގެނައުމުގެ އަގު
  • ޓެންޓް ހަދާ، ރޫޅަލުމުގެ ހިދުމަތުގެ އަގު
  • ޓެންޓް ހަދަން ދާ މީހުންގެ ހުރުމާއި ކެއުމާއި ދަތުރުގެ އަގު

ހުށަހަޅަށްޖެހޭ ތަކެތި:

  • މަސައްކަތުގެ އަގު (ފައިނޭންޝަލް ޕްރޮޕޯސަލް)
  • ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު/ ޕާސްޕޯޓު ކޮޕީ/ ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ/ ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް، ޕޯޓްފޯލިއޯ

އިވެލުއޭޝަން ކްރައިޓިރިޔާ:

  • އަގު – 80 މަރކްސް
  • ތަޖުރިބާ - 20 މަރކްސް (ކޮށްފައިވާ ކޮންމެ މަސައްކަތަކަށް 5 މާރކްސްގެ އުސޫލުން ގިނަވެގެން 20 މާކްސް)
  • މަދުވެގެން ތަޖުރިބާގެ ގޮތުގައި އެއް މަސައްކަތް ކޮށްފައި ހުންނަން ޖެހޭނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި:.

ބިޑް ހުޅުވުން އޮންނާނީ 04 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 14:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 9603018306 ، 9603018388

 

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

31 ޖަނަވަރީ 2018
ހޯދާ