ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމް ސްޕޮންސަރ ކުރުމުގެ ފުރުސަތު

އިޢުލާން

 

            މި ކައުންސިލްގެ ފަރާތުން "ކުމުންދޫ ސްޕޯޓްސް ކުލަބް" ގެނަމުގައި  2018 ވަނަ އަހަރު އަތޮޅު ފުޓްބޯޅަމުބާރާތުގައި ބައިވެރިވުމަށް ނިންމާފައިވާތީވެ ޓީމްގެ ޚަރަދުތައް ބެލެހެއްޓުމަށް ތިރީގައި މިދަންނަވާ ގޮތުގެ މަތިން މެއިން ސްޕޮންސަރ އަދި ކޯ ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މެއިންސްޕޮންސަރ ހޮވުމުގައި އެންމެ ރަނގަޅު ހުށައެޅުން ހުށައަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

ސްޕޮންސަރ ދިނުމަށް ހުޅުވާލެވިފައިވާ ކަންކަން:

1-           ޓީމްގެ ޖާޒީ ކިޓް ( 23 ޖާޒީ ، 2 ކީޕާ އަންގި ، 6 އޮފިސަލް ޖާޒީ )

2-           ޓީމްގެ ޓްރެވަލް ކިޓް ( 30 ޖާޒީ )

3-           ޓީމްގެ ޓްރާންސްޕޯޓް

4-           ޓީމްގެ އިންޓަވަލް އަދި ކެއުމާއި ސައި

5-           ޓީމްގެ ފަސްޓްއެއިޑް ކިޓް

ސްޕޮންސަރުންނަށް ލިބޭނެ އިޙްތިޔާރު

             ދެންނެވިފައިވާ ކަންކަމާއި ތަކެތި ސްޕޮންސަރ ކުރުމުގައި ކައުންސިލަށް ފޯރުކޮށްދޭ ތަކެތީގައި ސްޕޮންސަރ ދެއްވާ ފަރާތްތަކުގެ ލޯގޯއާއި ތަން ތަމްސީލްވާ ފަދަ ފޮޓޯ ނުވަތަ ލިޔުމެއް ކައުންސިލުން ކަޑައަޅާ މިންގަޑެއްގެ ތެރެއިން ހިމެނުމުގެ ފުރުސަތު ދެވޭނެއެވެ.

      ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން ބޭނުންފުޅުވާ ކަމެއް ބަޔާންކުރައްވާ މިއިދާރާއަށް  06 ފެބުރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސްޕޮންސަރ ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9919444 ނަންބަރާއި ގުޅުއްވައިގެން ކުރިޔަށްގެންދެވުންއެދެމެވެ. ލިޔެކިޔުންތައް އީމެއިލް ކުރައްވާނީ  [email protected]  އަށެވެ. 

31 ޖަނަވަރީ 2018
ހޯދާ