ދިވެހިރާއްޖެ
ނަންބަރު:05/2018/MED-153-FHS
އިޢުލާން
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ހިންގާ ކޯސް ތަކުގެ ތިރީގައި މިދައްނަވާ މާއްދާ ކިޔަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބްރުވަރީ 04 ވަނަދުވަހު 13:30 ގެ ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު ސިޓީ ފޮނުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި : އެޓެސްޓް ކުރެވިފައިވާ ސެޓިފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ އަސްލު ކޮޕީ އާއި އައިޑި ކާޑުގެ ކޮޕީ.
- 1. ޑިޕްލޮމާ އިން ނަރސިންގް/ ބެޗެލަރސް އޮފް ނަރސިންގް
- 1. މާއްދާގެ ނަން: މައިކްރޯބަޔޮލޮޖީ ފޮރ ހެލްތު ސައިންސަސް
ކިޔަވައިދޭންޖެހޭ ގަޑީގެ ޢަދަދު: 33 ގަޑި
ކިޔަވައި ދޭންޖެހޭ ވަގުތު: ހެނދުނު 8:00 ން ރޭގަނޑު 10:00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓީ އިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް
ކިޔަވައިދޭންޖެހޭ ތަން: ގދ. ތިނަދޫ ކެމްޕަސް (ގދ.ތިނަދޫ)
ފެންވަރު ނުވަތަ ޝަރުތު: މާއްދާޔާ ގުޅުންހުރި ދާޢިރާއަކުން ބެޗެލަރސް ޑިގްރީ ހަދާފައިވުން.