ދިވެހިރާއްޖެ
ނަމްބަރު: IUL)337/337/2018/2)
އިޢުލާން
ކ.މާފުށީ ކައުންސިލަށް 2 ޓަނުގެ ޕިކަޕެއް ހޯދުމާއިގުޅޭ:
މިއިދާރާއިން ކުރިއަށްގެންދާ ކުނި އުކާދިނުމުގެ މަޝްރޫޢުގައި ބޭނުންކުރުމަށް 2 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރަޢަށް 2 ޓަނުގެ ޓޯޔޯޓާ ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ގުޅުއްވާނީ ކައުންސިލްގެ ރައީސް އުޘްމާން ރަޝީދުގެ ނަންބަރު 9808088 ފޯނަށް ނުވަތަ މިއިދާރާގެ ނަންބަރު 6640073 ފޯނަށެވެ.
* ޕިކަޕާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހު 13:00 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
* އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހު 13:00އަށް މިއިދާރާގެ ކޮންފަރެންސް ރޫމްއަށެވެ.
މަޢުލޫމާތުސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީބުތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ކައުންސިލަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާއިރު އައި.ޑީކާޑްގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ކުންފުނި،، ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ޖަނަވަރީ 2018