ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކަށް ނަގަމުން އަންނަ ފީތައް ރައްޔިތުންނަށް އެއް ތަނަކުން ފަސޭހައިން ފެންނާނެ ގޮތަށް ޢާންމުކުރުމުގެ ގޮތުން މި ކައުންސިލުން 18 ޖަނަވަރީ 2018 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން ނަންބަރު IUL)251/251/2018/2) ގައި ލިސްޓްކުރެވިފައިވާ 51 ވަނަ ފީ (ޕްރީސްކޫލްގެ ފީ) ގެ ޢަދަދު ގޯސްކޮށް ލިޔެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ ފީތައް މުރާޖަޢާކޮށް ޢާންމުކުރުމުގެ ގޮތުން އަލުން އިޢުލާންކުރީމެވެ.
އަދި ދަންނަވަމަވެ. މި ފީތަކަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 78 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، 2 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު ހއ. ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 25 ވަނަ ބައްދަލުވުމުގައާއި، 10 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު ހއ. ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 26 ވަނަ ބައްދުވުމުގައާއި، 15 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު ހއ. ދިއްދޫ ކައުންސިލްގެ 27 ވަނަ ބައްދަލުވުމުގައި ފާސްކޮށް 29 ޖަނަވަރީ 2018 ގައި ހއ. ދިއްދޫ ކައުންސިލުން ކޮށްފައިވާ އަދި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އިޢުލާން ނަންބަރު IUL)251-MS/251/2018/8) އިން ދިއްދޫގެ ހުރިހާ ރައްޔިތުންނަށާއި ދިއްދޫގައި ދިރިއުޅުއްވާ އެންމެ ބޭފުޅުންނަށް ދަޢުވަތުދީގެން، އަދި ދިއްދޫގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް ވެސް ދިއްދޫ ކައުންސިލުން ލިޔުމުން ދަޢުވަތުދީގެން، 29 ޖަނަވަރީ 2018 ވަނަ ދުވަހުގެ ރޭ 9:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގެ ކުރިމަތިން ދިއްދޫ ޝާރިޢުލްއަމީން މަގުގައި ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ޙިއްސާކުރެވިގެން ޢާންމުކުރެވިފައިވާ ފީތަކެކެވެ. އަދި ދަންނަވަމެވެ. މި ފީތައް ދިއްދޫ ކައުންސިލުން ނަގަން ފަށާނީ 1 ފެބްރުއަރީ 2018 އިން ފެށިގެންނެވެ.
- އުފަން ދުވަހުގެ ރަޖިސްޓްރީ އަލަށް ހެދުމަށް: -/100 ރ
- އުފަން ދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް: -/150 ރ
- އުފަން ދުވަހުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން: -/50 ރ
- އުފަން ދުވަހުގެ ސެޓްފިކެޓް އަލަށް ހެދުމަށް: -/100 ރ
- އުފަން ދުވަހުގެ ސެޓްފިކެޓް ގެއްލިގެން ހެދުމަށް: -/150 ރ
- އުފަން ދުވަހުގެ ސެޓްފިކެޓް އާކުރުން/މަޢުލޫމާތު ބަދަލުވުން: -/50 ރ
- ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/250 ރ
- ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ
- ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/300 ރ
- ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/1000 ރ
- ބިމުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/100
- ބިމުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ
- ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/250 ރ
- ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ
- ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/300 ރ
- ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/1000
- ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/100 ރ
- ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ
- ސްޓޭޖް ކުލި 24 ގަޑިއިރަށް (އަމިއްލަ ފަރާތްތަކަށް، ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް، ސިޔާސީ ޕާޓީތަކަށް): -/150 ރ
- ސްޓޭޖް ކުލި 24 ގަޑިއިރަށް (އަމިއްލަ ވިޔަފާރިތަކަށް): -/300 ރ
- ސްޓޭޖް ކުލި 24 ގަޑިއިރަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/600 ރ
- އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދިއްދޫގައި ރަޖިސްޓްރީ އޮންނަ އޮޑިފަހަރު): 15 ލާރި
- އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދިއްދޫ ފިޔަވާ އެހެން ރަށުގައި ރަޖިސްޓްރީ އޮންނަ އޮޑިފަހަރު): 20 ލާރި
- އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ވިޔަފާރިތަކަށް): 30 ލާރި
- އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނި): -/1 ރ
- އޮޑިހަރުގެ (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/1 ރ
- އޮޑިހަރުގެ (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/2 ރ
- ވިޔަފާރި (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ވިޔަފާރިތަކަށް): 15 ލާރި
- ވިޔަފާރި (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނި): 50 ލާރި
- ވިޔަފާރި (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ވިޔަފާރިތަކަށް): -/1 ރ
- ވިޔަފާރި (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނި): -/2 ރ
- ދިއްދޫ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް ފީ: -/100 ރ
- ދިއްދޫ ރަށްވެހިކަމުން ވަކިވުމުގެ ސެޓްފިކެޓް ފީ: -/100 ރ
- ދިއްދޫގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން: -/100 ރ
- ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށް ކާކުކަން އަންގައިދިނުމުގެ ގޮތުން ދޫކުރާ ލިޔުން: -/100 ރ
- ދިއްދޫގައި ވިޔަފާރިކުރާ ކަމުގެ ލިޔުން: -/100 ރ
- ވިޔަފާރި ހުއްދަ ބާޠިލްކުރުމުގެ ލިޔުން: -/100 ރ
- މަގުމަތީގައި ވިޔަފާރިކުރުމަށް ބަހައްޓާ ގާޑިޔާ އަދި މޭޒު ފީ: -/300 ރ
- ޑޮކިއުމެންޓް ސްކޭންކުރުން (ގަނޑެއްގެ އެއް ފުށް): -/5 ރ
- ފޮޓޯކޮޕީ ނެގުން (ގަނޑެއްގެ އެއް ފުށް): -/2 ރ
- ޑޮކިއުމެންޓް އެޓެސްޓް ކުރުން (އެއް ލިޔުން): -/5 ރ
- ދިދަ ދަނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ފަރާތްތަކަށް، ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް، ސިޔާސީ ޕާޓީތަކަށް): -/2
- ދިދަ ދަނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ވިޔަފާރިތަކަށް): -/3 ރ
- ދިދަ ދަނޑީގެ ކުލި 24 ގަޑިއިރަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/5 ރ
- ގޮނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ފަރާތްތަކަށް، ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް، ސިޔާސީ ޕާޓީތަކަށް):-/2 ރ
- ގޮނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ވިޔަފާރިތަކަށް): -/3 ރ
- ގޮނޑީގެ ކުލި 24 ގަޑިއިރަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/5 ރ
- ފެން ޕަމްފު ކުލި ގަޑިއިރަކަށް: -/300 ރ
- ބިމު ކުލި އަކަފޫޓަކަށް މަހަކު (އަމިއްލަ ފަރާތްތަކަށް): -/1 ރ
- ބިމު ކުލި އަކަފޫޓަކަށް މަހަކު (ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކަށް): -/2 ރ
- ޕްރީ ސްކޫލް ފީ މަހަކު (ބޭބީ ނަރސަރީ، އަދި ނަރސަރީ ދަރިވަރުންނަށް): -/350 ރ
- ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓް ގެއްލިގެން އަލުން ހަދައިދިނުމަށް: -/100 ރ
- ސްޓާފް ކްރެޑިޓް ސްކީމްގެ އިދާރީ ފީ: %7
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.