ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ ހުއްދަނެތިއެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި ތަކެއްޗާއި ހަޓުފަދަ ތަންތަން ނެގުމާއި ބެހޭ

ތާރީޚް: 29 ޖެނުއަރީ 2018

ނަންބަރު: (IUL)327-B/327/2018/11

ނައިފަރު ކައުންސިލް އިދާރާގެ ހުއްދަނެތިއެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި ތަކެއްޗާއި ހަޓުފަދަ ތަންތަން ނެގުމާއި ބެހޭ

ނައިފަރުކައުންސިލް އިދާރާގެ ހުއްދަނެތި ތިރީގައި ބަޔާންކުރެވިފައި އެވާ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި އަދި އެ ސަރަޙައްދު ތަކުގައި ހަދާފައިވާ ހަޓުފަދަ ތަންތަން އޭގެ ވެރިފަރާތުން، 1 ފެބުރުވަރީ 2018 ވަނަދުވަހުގެ ކުރިން އެތަކެތި އަދި ހަޓުތައް އެސަރަޙައްދު ތަކުން ނަގައި ބިންސާފުކޮށް ނައިފަރު ކައުންސިލް އިދާރާއަށް އެންގުން އެދެމެވެ.

  1. އިތާ ކިޔާ ގޯތީގެ ދެކުނުން ގެޔާއި އިންވެގެން ޓިނުން ހަދާފައި ހުރި ހަޓު.
  2. ފަލަކް ކިޔާ ގޯތީގެ އިރުމަތިން އޮންނަ ހުސްބިމުގައި ހުރި ތަކެތި
  3. އާބަނދަރުގެ ދެކުނު ކަންމަތީގައި ބިމައް ހަރުކޮއްފައި ހުރި ދަގަނޑު ގިޔޮގަނޑުތައް
  4. ޅ.ނައިފަރު ޒިކުރާގެ އިބްރާޙިމް މުޙައްމަދަށް ދޫކޮއްފައިވާ އޮޑިހަރުގެއާއި އިންވެގެން ހަދާފައިހުރި ހަޓު.
  5. ނޫކޮކާގެއާއި އިންވެގެން ހަދާފައިހުރި ހަޓު
  6. ފެމެލީ ކިޔާ ގޯތީގެ އުތުރުން ހަދާފައި ހުރި ހިޔާގަނޑު
  7. ހުދުހަލި ކިޔާގޯތީގެ އުތުރަށް އޮންނަ ހުސްބިމުގައި ހަދާފައި ހުރި ހަޓު
  8. މަތީރެސް ކިޔާގޯތީގެ އުތުރުން ގެޔާއި އިންވެގެން ހަދާފައި ހުރި ހަޓު
  9. ހެޕީ ބީޗު ކިޔާގޯތީގެ އިރުމަތިން ބަނދަރު ސަރަހައްދުގައި ޖަހާފައި ހުރި 2 ހަޓު
  10. ޅ. ނައިފަރު މަސްރަހުގެ، މުޙައްމަދު ނޫރުﷲއަށް ދޫކޮއްފައިވާ ސިނާއި ބިމުގެ އިރުމައްޗަށް އޮތް ހުސްބިމުގައި ބަހައްޓާފައިވާ ތަކެތި
  11. ވަތަން ކިޔާގޯތީގެ އުތުރުން ގެޔާއި އިންވެގެން ހަދާފައި ހުރި ހަޓު
  12. މަނާމު ކިޔާގޯތިގެ ދެކުނުން އޮންނަ ހުސްބިމުގައި ހަދާފައި ހުރި ހަޓު
  13. ހިޔާވަހި ކިޔާގޯތީގެ އުތުރުން ހަދާފައި ހުރި ހަޓު
  14. ސަމަންދަރު ކިޔާގޯތީގެ އިރުމަތިން އޮންނަ ހުސްބިމުގައި ހުރި ތަކެތި
  15. އަރާމު ކިޔާގޯތީގެ ހުޅަނގުން ގެޔާއި އިންވެގެން ހަދާފައި ހުރި ހަޓު     

މި މުއްދަތުގެ ތެރޭގައި ނުނަގާއި ހުންނަ ތަކެއްޗާއި ހަޓުތައް މި އިދާރާގެ ފަރާތުން ނައްތާލެވޭނެ ވާހަކަ އަންގާ އިޢުލާން ކުރީމެވެ.

 

 

 

29 ޖަނަވަރީ 2018
ހޯދާ