ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުންވެރި މާމެންދޫއަކަށް ރައްކާތެރި ބޯފެން ޕްރޮޖެކުޓާއި ގުޅޭ

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

        މާމެންދޫ                                              

        ދިވެހިރާއްޖެ

ނަންބަރ: 7 (IUL)403-M/403/2018/

 

އިޢުލާނު  

 

ވިލުންވެރި މާމެންދޫއަކަށް-ރައްކާތެރި ބޯފެން ޕްރޮޖެކްޓާއި ގުޅޭ

ވިލުންވެރި މާމެންދޫއަކަށް-ރައްކާތެރި ބޯފެން ޕްރޮޖެކްޓާއި ގުޅޭގޮތުން ގުރުއަތުން ހޮވިފައިވާ ގެތަކުގައި މެޝިންތަށް ހަރުކުރުމަށްޓަކައި ސައިޓު ތައްޔާރުކޮށް ފެންނަގާނެ ޕޮއިންޓަކާއި ކަރަންޓް ނަގާނެ ޕޮއިންޓެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން                                  

  • މަޢުލޫމާތު ސާފުކުރުން: 01 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 އަށް
  • ·        ޕްރޮޕޯސަލް ހުށަހެޅުން: 06 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 01:00 އަށް

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.   

              މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

12 ޖުމާދަލްޢޫލާ 1439

29 ޖަނަވަރީ 2018

 

                                                   ޙުސައިން ޙަބީބު ޢަލީ

                                                     ކައުންސިލްގެ ނ.ރައީސް   

29 ޖަނަވަރީ 2018
ހޯދާ