ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ހަދަންގެނެސް ނުގެންގޮސް ހުރި ތަކެތި

 ހަދަން ގެނެސް ނުގެންގޮސް ހުރި ތަކެތި

 ތިރީގައި މިވާ ލިސްޓަކީ އެސްޓީއޯ ސަރވިސް ސެންޓަރަށް  ޖަނަވަރީ 2017 އިން ސެޕްޓެމްބަރ 2017 ގެ ނިޔަލަށް ކަސްޓަމަރުން  މަރާމާތު ކުރަން  ގެނެސް، އަނބުރާ ނުގެންގޮސް މިތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ލިސްޓެވެ.

ވީމާ، މިލިސްޓުގައިވާ ތަކެތި އޭގެ ވެރިފަރާތުން 05 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެލެއްވުން އެދެމެވެ. މިތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން  ނައްތައިލެވޭނެ ވާހަކަ ދެންނެވީމެވެ.

މިތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012494 ނުވަތަ 3012495 އާ ގުޅުއްވުން އެދެމެވެ.

29 ޖަނަވަރީ 2018

29 ޖަނަވަރީ 2018
ހޯދާ