ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2018/5
އިޢުލާނު
ބައުވެފައިވާ ކޮންޓެއިނަރ ތަކަކާއި، ހަލާކުވެފައިވާ އިންޖީނެއްގެ ބައިތަކަކާއި ހަލާކުވެފައިވާ އާރ އޯ ޕްލާންޓެއްގެ ބައެއް
ސިޓީލައި ނީލަމުގައި ވިއްކާލުން
ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިހުރި ބައުވެ ހަލާކުވެފައިވާ ކޮންޓެއިނަރ ތަކަކާއި
ބައުވެ ހަލާކުވެފައިވާ އިންޖީނެއްގެ ބައިތަކަކާއި، ބައުވެ ހަލާކުވެފައިވާ އާރ އޯ ޕްލާންޓެއްގެ ބައެއް ސިޓީލައި ނީލަމުގައި ވިއްކާލަން
ގަސްދުކުރަމެވެ. ނީލަމުން ގަންނަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް އަގު ހުށަހަޅަންވާނީ ސިޓީއަކުންނެވެ. ކޮންމެ އެއްޗަކަށްވެސް
އަގު ހުށަހަޅަންވާނީ ވަކިންނެވެ. ނީލަމަށް އެދުވަހަކަށް ހުށަހަޅާފައިވާ އެންމެ މަތީއަގެއް ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި ޢާއްމު
ކުރެވޭނެއެވެ. ނީލަމަށް އަގު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 08 ފެބުރުއަރީ 2018 (ބުރާސްފަތި) ދުވަހުގެ 14:00 އެވެ.
އެއިގެ ފަހުން ހުށަހެޅޭ އަގުތައް ބަލައި ނުގަނެވޭނެއެވެ.
ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގަތުމުން ތަކެތި ބެލޭނެ އިންތިޒާމް ހަމަޖައްސައި
ދެވޭނެއެވެ. ތަކެތި ހުރިތަނުން ނަގައިގެން ގެންދިއުމަކީ ނީލަމުން ނަގައި ފަރާތުން ކުރައްވަންޖެހޭނެ ކަމެކެވެ. ނީލަން ނިމުމުން ނީލަން
ކާމިޔާބުކުރި ފަރާތައް އެކަން އެންގޭނެއެވެ. ނަމަވެސް ތަކެތި ޙަވާލުކުރެވޭނީ ފައިސާ މިއިދާރާއަށް ދެއްކުމުންނެވެ. ނީލަމުގައި ވިއްކާލާ
ތަކެތީގެ ނީލަންފެށޭ އަގާއި ކޮންމެ އެއްޗަކަށްވެސް އިތުރު ކުރެވޭނެ އަދަދު މި އިޢުލާނާއިއެކު ޢާއްމު ކުރެވޭ ''ނީލަމުގައި ވިއްކާލާ
ތަކެތީގެ ތަފްސީލް'' އިން އެނގިވަޑައިގަންނަވާނެވެ.
މިކަމާއި ގުޅިގެން 09 ޖެނުއަރީ 2018 ގައި ކޮށްފައިވާ މިއިދާރާގެ ނަމްބަރ: (IUL)304-EDS/304/2018/2
އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މިނީލާމުގައި ބައިވެރިވެފައި ނުވާތީ، އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.
11 ޖުމާދަލްއޫލާ 1439
28 ޖެނުއަރީ 2018
އިބުރާހީމް ނަޞީރު
ރ. ދުވާފަރު ކައުންސިލްގެ ރައީސް