މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

 
 

                                

 

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ                                                           Maldives Transport Authorit

މާލެ، ދިވެހިރާއްޖެ                                                                          Republic of Maldives

 

 

         ނަންބަރު : 9/(IUL)202-L/1/2018) 

                                                               

                                އިޢުލާން

       މިއޮތޯރިޓީން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މިއޮތޯރިޓީން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

 

  އަންހެން އެގްޒަމިނަރުން

 

-          ބޭނުންވާ ޢަދަދު: 10

  ޝަރުޠު

-          ދަށްވެގެން AA1 ގިންތީގެ ލައިސަންސް އޮތުން.

-          ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް. 

-          ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.

-          ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

 

  ފިރިހެން އެގްޒަމިނަރުން

 

-          ބޭނުންވާ ޢަދަދު: 10

  ޝަރުޠު

-          ދަށްވެގެން AA1B1B2C1C2 ގިންތީގެ ލައިސަންސް އޮތުން.

-          ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް. 

-          ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.

-          ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

 

-          އުޖޫރަ:  ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

      އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

 

         އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވަ ބޭފުޅުން 8 ފެބުރުއަރީ 2018 ވަނަ ދުވަހުގެ 1400 ގެ ކުރިން ވަނަވަރާއިއެކު ސިޓީއަކުން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

              11 ޖުމާދަލްއޫލާ  1439

              28 ޖެނުއަރީ  2018

  

 

ދިވެހި ސަރުކާރުގެ ގެޒެޓް (2 ފަހަރު ޝާއިޢުކޮށް ދެއްވުމަށް)

28 ޖަނަވަރީ 2018
ހޯދާ