ދިވެހިރާއްޖެ
216-MPAO/I/2018/02:ނަންބަރު
ވަޒީފާގެ ފުރުޞަތު
މަޤާމް:ފައިނޭންޝަލް ކޮންޓްރޯލަރ
ބޭނުންވާ ޢަދަދު:1
މުސާރަ:20,000.00ރ
މިމަޤާމަށް ލިބޭ އެލަވަންސްތައް:
-
ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 4,500.00ރ ދެވޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
-
އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ހާޞިލްކޮށްފައިވުން. ނުވަތަ އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީ.މާ، ނުވަތަ ސީ.ޕީ.އޭ އިން ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކޭޝަން ހާޞިލްކޮށްފައިވުން.
-
އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން މެނޭޖަރ ލެވަލްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓުން އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
-
ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
-
ލިބިފައިވާ މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ
ނޯޓް:
-
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
-
މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ޕެންޝަން އޮފީސް
ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އީމެއިލް: [email protected]
28 ޖަނަވަރީ 2018