މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ގޯޑައުން އިމާރާތުގައި ފަޔަރ އެލާމް ސިސްޓަމެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ޖަނަވަރީ 2018 ގައި ކުރެވުނު ނަންބަރު IUL)438-AU/1/2018/3) އިޢުލާނާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ގޯޑައުން އިމާރާތުގައި ފަޔަރ އެލާމް ސިސްޓަމެއް ހަރުކޮށްދޭނެފަރާތެއް ހޯދުމަށް 17 ޖަނަވަރީ 2018 ގައި ކުރެވުނު ނަންބަރު IUL)438-AU/1/2018/3) އިޢުލާނާއި ގުޅޭ

މި މަސައްކަތުގެ ބީލަން ހުޅުވުމަށް ކުރިން ހަމަޖެހިފައިވާ 2018 ޖަނަވަރީ 28 ތާރީހަށް ބަދަލު ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ. މިހާރު ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ތާރީޙުގައެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

25 ޖަނަވަރީ 2018
ހޯދާ