ދިވެހިރާއްޖެ
ނަންބަރު:(IUL)285/285/2018/5 އިޢުލާން ހެނބަދޫގައި ޤާއިމްކުރައްވާ ނަރުދަމާގެ ނިޒާމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރަށުގެ މަގުތަށް ހަދާ،މަގުތަކުގައި ހުރި ރުއްގަސްތައް ނަގާ ސާފްކުރަންޖެހެއެވެ. އެގޮތުން ރަށުގެ އެކިސަރަހައްދުގައި މަގުތަކަށް އަރާ ރުއްގަހުގައި ހުދު ދަވާދުން ބޮޅު އެޅިފައިވާނެއެވެ. ހުދު ދަވާދުން ބޮޅުއެޅިފައިވާ ރުއްގަހުގެ ތެރެއިން އަމިއްލަ މީސްމީހުންގެ ރުއްގަސްތައް ރުއްގަހުގެ ވެރިފަރާތުން ރުއްގަސް ބޭނުންވާނަމަ 15 ފެބުރުއަރީ 2018 ގެ ކުރިން ރުއްގަސްތައް ކަނޑައިގެން ނުވަތަ ނަގައިގެން ގެންދިއުމަށް އަންގާ އިޢުލާންކުރަމެވެ. ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު މަގުތަކަށް އަރާފައިވާ ރުއްގަސް އޭގެ ވެރިފަރާތުން ނުގެންގޮސް ހުރެފިނަމަ ނަރުދަމާ މަސައްކަތް ކުރާ މުއްދަތުގައި އެސަރަހައްދުތަކުން ރުއްގަސްތައް ނެގުމަށް ކައުންސިލުން ނިންމާފައިވާތީ އެކަން އަންގާ އިޢުލާންކުރަމެވެ. 25 ޖަނަވަރީ 2018
އާދަމް ސަމީރު ހެނބަދޫ ކައުންސިލްގެ ރައީސް |