ދިވެހިރާއްޖެ
އިޢުލާން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު އައުން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން، ކުންފުނީގެ ޑިރެކްޓަރު ކަމުގެ މަޤާމުން އަލްފާޟިލާ ޢާއިޝަތު ރަޔާޙީން ޝަރީފް / މުޝްތަރީގެ، ގދ. ތިނަދޫ ވަނީ ވަކިކުރައްވާފައެވެ.
އަދި ހަމަމިއާއިއެކު، 23 ޖެނުއަރީ 2018 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އަލްފާޟިލާ މަރްޔަމް ޒާހިޔާ / ހ. ތަރަފު ވަނީ ޢައްޔަންކުރައްވާފައެވެ.
ވީމާ، މިކަން ކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އެންގީމެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
07 ޖުމާދުލްޢޫލާ 1439
24 ޖެނުއަރީ 2018