ޅޮހީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތު އެސިސްޓެންޓް

އިޢުލާން

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމު:               

ސްކޫލް ހެލްތު އެސިސްޓެންޓް

ބޭނުންވާ އަދަދު:        

01

މަޤާމުގެ ގިންތި:        

ވަގުތީ

މުއްދަތު:

ދިރާސީ 1 އަހަރު

މަޤާމުގެ ރޭންކް:        

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން: 

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:           

އެކަޑެމިކް

މަޤާމު އޮތް  އޮފީސް:            

ޅޮހީ ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭތަން: 

ޅޮހީ ސްކޫލް

މުސާރަ:              

-/5020 ރުފިޔާ

ސަރވިސް އެލެވަންސް:   

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށްފައިވާ "ސްކޫލް ހެލްތު ޕޮލިސީ އާއި ހެލްތު ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ" އަދި މިޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ "ހެލްތު ޕޮލިސީ" ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ތަންފީޒުކުރުން
  2. ސްކޫލަކީ "ހެލްތު ޕްރޮމޯޓިންގ" ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްކޫލުގެ ވެރިންގެ މަޝްވަރާ ހޯދައިގެން ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރުން

 

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށްފައިވާ "ބަރާބަރު" ސްކޫލް އިންޑިކޭޓާސްގައި ހިމެނޭ ހެލްތު އެނޑް ސޭފްޓީ ޑައިމެންޝަން ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތްކުރުން.

 

  1. ކޮންމެ އަހަރަކުވެސް ސްކޫލްގައި ހިންގާނެ ސްކޫލް ހެލްތު ހަރަކާތްތަކުގެ ޕްލޭން ސްކޫލުގެ ވެރިނާއި މުވައްޒަފުންނާ މަޝްވަރާކޮށްގެން އެކުލަވާލައި އަހަރީ ޕްލޭން ސްކޫލްގެ މުވައްޒަފުންނާ ބެލެނިވެރިންނައް ހިއްސާކޮށް ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރުން

 

  1. ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން "ސްކޫލް ހެލްތު ޕްލޭން"ގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 10 ދުވަހުގެތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް ފޮނުވުން

 

  1. ސްކޫލްގެ ހެލްތު ރޫމްގެ ވަސީލަތްތަކާއި ފަސްޓް އެއިޑު ވަސީލަތްތަކުގެ އިންވެންޓުރީއެއް ތައްޔާރުކޮށް ބެލެހެއްޓުމާއި ހެލްތު ރޫމުން ދޭ ޚިދުމަތްތަށް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުން.

 

  1. ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓު/ވެއިޓް) ބެލެހެއްޓުމާއި، ފަނީބޭސް/ވިޓަމިން އޭ ކެޕްސޫލް ދަރިވަރުންނަށްދީ އެޕްރޮގުރާމް ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން

 

  1. ސްކޫލްގައި ތަޢުލީމްޙާސިލް ކުރަމުންދާ "ވަލްނަރަބަލް" ކުދިންގެ ޞިއްޙީ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ސްކޫލްގެ ވެރިންގެ މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުން

 

  1. ސްކޫލުން ރާވައިގެން ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑުގެ ޚިދުމަތް ފޯރުކޮށްދިނުމާއި މިކަމުގެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން

 

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަންޑައަޅާ ގުރޭޑެއްގެ ނުވަތަ ގުރޭޑުތަކެއްގެ މެޑިކަލް ސްކްރީނިންގ ސްކޫލުގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް/ ސިއްޙީ މަރުކަޒު) ގުޅިގެން ނިންމައި ކޮންމެ އަހަރެއްގެވެސް 20 އެޕްރީލުގެ ކުރިން ރިޕޯޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް ފޮނުވުން

 

  1. ސްކޫލުގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ޞިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަށް ޞިއްޙީ ފަރުވާދިނުމާއި، ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން މިކަމާގުޅޭ އެންމެހާކަންތައް ތަކުގެ ރިޕޯޓާއި ރިކޯޑު ބެލެހެއްޓުން

 

  1. ސްކޫލް ދަރިވަރުންގެ ޞިއްޙީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެއުކަން ތަރައްގީކުރުމަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ހެލްތު އެޑިޔުކެޝަން ޕްރޮގުރާމްތައް ރާވައި ހިންގައި ބެލެހެއްޓުން

 

  1. ސްކޫލްގެ ޓީޗަރުންނާއި ސްކޫލްގެ މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑު ޓްރޭނިންގ ހިންގައި މައުލޫމާތު ބެލެހެއްޓުން ނުވަތަ ދިވެހި ރެޑުކުރެސެންޓް ނުވަތަ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ފަދަ ފަރާތްތަކާ ގުޅިގެން މިފަދަ ތަމްރީންގައި ބައިވެރި ކުރުވޭނެ އިންތިޒާމް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ފަހިކޮށްދިނުން

 

  1. ސްކޫލުން ދަރިވަރުންނަށް ފޯރުކޮށްދޭ ފެނަކީ ޞިއްޙީގޮތުން ރައްކާތެރި ފެންތޯ ކަށަވަރުކުރުމާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ސްކޫލުގައި ދައިވަރުން ކިޔަވާ ދުވަސްތަކުގައި ދުވާލަކު އެއްފަހަރު ސްކޫލުގެ ދަތިވަރުން ބޭނުންކުރާ ފާޚާނާތަކުގެ ހާލަތުބަލައި ސާފުތާހިރުކަން ކަށަވަރުކުރުން .

 

  1. ދަރިވަރުންގެ ފާޚާނާތައް ދުވަހުން  ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން، މިގޮތުން ފާޚާނާތަކުގެ އެއްވެސް އެއްޗެއް ހަލާކުވެފައިވާނަމަ އަދި ސާފުތާހިރުކަން ކުޑަކަމަށް ފާހަގަކުރެވޭނަމަ އެކަމެއް ސްކޫލުގެ އެޑިމިނިސްޓްރޭޓަރުގެ ސަމާލުކަމަށް ގެނައުން.

 

  1. ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެއްވެސް ދަރިވަރަކަށް ޤަވަޢިދުން ދޭންޖެހޭ ބޭހެއް ހުރިތޯކަށަވަރުކޮށް އެފަދަ ދަރިވަރުންނަށް އެބޭހެއް ބެލެނިވެރިޔާގެ ބެލުމުގެދަށުން އެބޭސް ދޭންޖެހޭގަޑީގައި އެބޭސް ދެވޭނެ އިންތިޒާމް ހަމަޖައްސަދިނުން.

 

  1. ގަވާއިދުން ވަކިގަޑިއަށް ދަރިވަރަށް ދޭންޖެހޭ ބޭސް ސްކޫލުގެ ފަރާތުން އެދަރިވަރަށް ދިނުމުގެ އިންތިޒާމް ހަމަޖައްސަދިނުމަށް ބެލެނިވެރިޔާ ސްކޫލްގައި އެދިއްޖެނަމަ ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ލިޔެކިޔުމުން މިކަން ހަމަޖައްސައި، އެބޭހުގެ ޕްރިސްކްރިޕްޝަން  ބެލެނިވެރިޔާގެ ފަރާތުން ހޯދައި، އެފަދަ ބޭސް ދެވޭނެ އިންތިޒާމު ހަމަޖެއްސުން.

 

 

  1. ސްކޫލްގައި ކެންޓީނެއް ހިންގާނަމަ އެކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް އެންގުމާއި އެކެންޓީނަކީ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްތޯ ކަށަވަރުމާއި، ކެންޓީނުން ލިބެންހުންނަ ކާނާއަކީ ޞިއްހީ ގޮތުން ރަނގަޅު އަދި ރައްކާތެރި ކާނާތޯ ކަށަވަރުކުރުން.

 

  1. ސައިންސް މާއްދާ ކިވަދޭ ސްކޫލެއްނަމަ އަދި ތަމްރީންލިބިފައިވާ ލެބު އެސިސްޓެންޓުންނެތްނަމަ، އެސްކޫލެއްގައި ބޭނުންކުރާ ކެމިކަލްތަކުގެ ރައްތާކާތެރިކަން ކަށަވަރުން އަދި ލެބޯރަޓުރީ ހުރިނަމަ ލެބޯރަޓްރީގެ ރައްކާތެރިކަން ކަށަވަރުކޮށް  ސްކޫލްގެ ވެރިންނަށް ހުށަހެޅުން

 

  1. ސްކޫލްގެ މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލެއްތޯ ބަލައި ކަށަވަރުކޮށް ސްކޫލްގެ ވެރިންނަށް ހުށަހެޅުން.

 

  1. ކޮންމެ އަހަރަކު ސްކޫލްގައި ހިންގާ ސްކޫލް ހެލްތު ހަރަކާތްތަކާއި ޕްރޮގުރާމްތަކުގެ ރިޕޯޓުތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް ފޮނުވުން

 

  1. ސްކޫލުގެ ރަސްމީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ސްކޫލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

 

މަޤާމްގެ ޝަރުތުތައް:

 

ü      1. ޞިއްޙީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ

ü      2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި  ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ü      3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

  

 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯރމް، ) ވަޒީފާއަށް އެދޭފޯމު މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގް އިންޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

)ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ü      ވަޒީފާއަށް އެދޭ ފޯރމް މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ފެބުރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ޅޮހީ ސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯރމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 04 ފެބުއަރީ 2018 އާއި 08 ފެބުއަރީ 2018 އާ ދެމެދު، ޅޮހީ ސްކޫލްގައެވެ. ވުމާއި އެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

  •   މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  • 30 އިންސައްތަ

 

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560573 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ

 

24 ޖަނަވަރީ 2018
ހޯދާ