ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރުމިސްކިތުގައި ފާޚާނާ ބަރިއަކާ އިސްކުރު ބަރިއަކާ ގުދަނެއް ހިމެނޭ ޢިމާރާތެއް ބިނާކުރުމާއި ހުރަސް ފާރެއް ރޭނުމަށް

ހުކުރުމިސްކިތުގެ ގޯތިތެރޭގައި ދެކުނު ފަރާތުގައި ފާޚާނާބަރިއަކާ ވުޟޫކުރާ އިސްކުރުބަރިޔަކާ، ގުދަނެއް ހިމެނޭ ޢިމާރާތް ބިނާކުރުމުގެ މަސައްކަތާއި މިސްކިތުގެ ހުޅަނގުފަރާތު(ޤިބުލަ ފަރާތުގަ)  ހުރަސްފާރެއް ރޭނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ޅ. އޮޅުވެލިފުށި ހުކުރުމިސްކިތުގެ ގޯތިތެރޭގައި ދެކުނު ފަރާތުގައި ފާޚާނަބަރިއަކާ ވުޟޫކުރާ އިސްކުރު ބަރިޔަކާ، ގުދަނެއް ހިމެނޭ ޢިމާރާތް ބިނާކުރުމުގެ މަސައްކަތާއި މިސްކިތުގެ ހުޅަނގުފަރާތުގައި ހުރަސްފާރެއް ރޭނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އޮޅުވެލިފުށި ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ކަރުދާސް ބައްލަވައިގަތުމަށްފަހު ކަނޑައެޅިފައިވާ ތާރީޙްގައި އޮޅުވެލިފުށިކައުންސިލްގެ އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢްލޫމާތު ކަރުދާހެއްގެ އަގަކީ -/25 ރުފިޔާ (ފަންސަވީސް ރުފިޔާ) އެވެ. މައުލޫމާތު ކަރުދާސް ބައްލަވައި ގަތުމަށް ހުންނާނެ ސުންގަޑިއަކީ 11 ފެބުރުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 11:00 ނިޔަލަށެވެ.

އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ

ބިޑު ހުށަހެޅުން އޮންނާނީ 2018 ފެބުރުއަރީ 12 ވަނަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލް އިދާރާގައެވެ.

23 ޖަނަވަރީ 2018
ހޯދާ