މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ                                           01/2018/(IUL) GS118 (04 ޖެނުއަރީ 2017) އިއުލާން އަށް އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފްކޮށްފައިނުވާތީ އިޢުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

                  މިސްކޫލްގެ ސެކިޔުރިޓީ 15 ފެބުރުއަރީ 2018 ން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.   

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމަށް

28 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13.00

07 ފެބުރުއަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.00

                     އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6560570 އަދި 6561807 ނަންބަރު ފޯނާއެވެ.       

23 ޖަނަވަރީ 2018
ހޯދާ