ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-293375

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިން

މަޤާމް އޮތް އޮފީސް:

ކީރިތި ޤުރްއާނާބެހޭ މަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ މަރުކަޒު

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީސްތަކަށާއި އެހެން ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ފޮނުވުން.
  2. ޢާއްމުންނާބެހޭ ޤަވާޢިދު ތައްޔާރުކޮށް އެޤަވާއިދުތައް ފަސޭހައިން ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
  3. ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ސިކިޔުރިޓީބަލަހައްޓާ މުވައްޒަފުނާއި މަސައްކަތުމީހުންގެ ޑިއުޓީ ތާވާލުހެދުމާއި އިތުރުގަޑިޔާއި އަދި އެމުވައްޒަފުން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  4. ކީރިތިޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމްކުރާ ޖަލްސާތަކާއި ބައްދަލުވުންތަކަށް އެކަމެއް ބާއްވާތަނެއް ތައްޔާރުކުރުވުން.
  5. ކީރިތިޤުރުއާނާބެހޭ މަސައްކަތުގެ ތަޖްރިބާ ހޯދުމަށް އެދޭ ފަރާތްތަކަށް އެކަން ހަމަޖައްސައިދިނުން.
  6. އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި، ޖަވާބު ރައްދުކުރުމާބެހޭ ކަންތައް ކުރުން.
  7. ޢާންމު އެންގުންތަކާއި، އިޢުލާނުތަކާބެހޭ އަދި ޢަމަލުކުރަންޖެހޭ އެންގެވުންތަކާބެހޭ ކަންތައް ކުރުން.
  8. ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ސެކްޝަންތަކުން ގުދަނަށް ފޮނުވާލާ ފައިލިންގ ސިސްޓަމްގެ ކަންތައް ބެލެހެއްޓުމާއި އާރކައިވް ބެލެހެއްޓުން
  9. އެކިއެކި ފަރާތްތަކުން އެހީ ހޯދުމަށް ނުވަތަ އިނާމު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް އެކަން ހަމަޖައްސައިދިނުން.
  10. އަތޮޅުތެރޭ އިމާމުންނަށް ހާއްސަކޮއްގެން ހިންގޭ އިމާމުން ތާޒާ ޕްރޮގްރާމްގެ އެންމެހާ މަސައްކަތްކުރުން
  11. މީގެ އިތުންވެސް އިދާރީގޮތުން ކުރުމަށް ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  12. އެދުވަހަކު ސެކްޝަނުން ކުރެވޭ އެންމެހާ މަސައްކަތެއް ބަޔާންކޮށް ތަފްޞީލީ ޔައުމިއްޔާއެއްލިޔެ ބެލެހެއްޓުން.
  13. އެ ހަފްތާއަކު ސެކްޝަންތަކުން ކުރެވޭ މަސައްކަތް އެއްކޮތް ފުރިހަމަ ޔައުމިއްޔާއެއް ތައްޔާރުކޮށް ފައިލްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސަޓްރޭޝަން، ހިއުމަން ރިސޯސް، މެނޭޖްމެންޓް، އައިޓީ، ބިޒްނަސް، ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، އެޑްމިނިސަޓްރޭޝަން، ހިއުމަން ރިސޯސް، މެނޭޖްމެންޓް، އައިޓީ، ބިޒްނަސް، ފައިނޭންސް ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ޙާޞިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.chq.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ފެބުރުވަރީ 2018 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.

 

 

އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ،3335086  އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާ ޕްރެކްޓިކަލް އޮންނާނީ، 06 ފެބުރުވަރީ 2018 އާއި 05 އޭޕްރިލް 2018 އާ ދެމެދު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3019303، 3019304  ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3335086  އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

23 ޖަނަވަރީ 2018
ހޯދާ