ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ އިޖްތިމާޢީ ސަރަޙާއްދު އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުމަށް ބަޔަކު ހޯދުމާގުޅޭ

ނަމްބަރ:372-B1/2018/02

އިޢުލާން

ފ.މަގޫދޫ ރައްޔިތުންގެ ތެޔޮގުދަން ބީލަން އުޞޫލުން ކުއްޔަށް ދޫކުރުން

 

            ފ.މަގޫދޫ ކައުންސިލްގެ 03 ވަނަ ދައުރުގެ 30 ވަނަ އާންމު ބައްދަލުވުމުން ފ. މަގޫދޫ ރައްޔިތުންގެ ތެޔޮފިހާރައިގެ ޙިދުމަތް ރައްޔިތުންނަށް ދިނުމަށް ބީލަން އުސޫލުން އެންމެ މަތީ އަގެއް ހުށައަޅާ ފަރާތަކަށް ރައްޔިތުންގެ ތެޔޮގުދަނާއި ތެޔޮގުދަން ތަރައްޤީކުރުމަށް ބޭނުންވާ ބިން ބީލަން ކާމިޔާބުކުރާ ފަރާތަކަށް ހަވާލުކުރުމަށްވަނީ ނިންމާފައެވެ.

            ތެޔޮގުދަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ބީލަން ފެށޭ އަގަކީ މަހަކު  -/8000ރ (އަންހާސް) ރުފިޔާއެވެ. ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ކުއްޔަށް ހިފުމަށް އެދޭ މިންވަރު ބާޔާންކޮށް މިކައުންސިލަށް ސިޓީ ފޮނުއްވަމުންގެންދެވުން އެދެމެވެ. މި ޢިޢުލާން ގެޒެޓްގައި ޝާޢިޢް ކުރާ ތާރީޚުން ފެށިގެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހުށައެޅިފައިވާ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ހުށައަޅާ އެންމެ މަތީއަގު ޖެހިޖެހިގެން 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް އެއަގުގައި ނިމޭނެއެވެ. 

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 ޖަނަވަރީ 29 ވާ ހޯމަ ދުވަހުގެ 13:30ގައި މިކައުންސިލްގައެވެ. މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

04 ޖުމާދަލްއައްވަލު 1439

21 ޖަނަވަރީ 2018

21 ޖަނަވަރީ 2018
ހޯދާ