ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ޖަހާނެ ލެޑްލައިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިރަށު ބަނދަރު ސަރަހައްދުގައި ޖެހުމަށް 20 ލެޑްލައިޓް (70W) ގަންނަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު (IUL)401-E/401/2018/1 (07 ޖެނުއަރީ 2018) އިޢުލާނުގައި މައްސަލައެއް އުޅޭތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                  ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޖެނުއަރީ 2018 (އާދީއްތަ) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ފެބުރުއަރީ 2018 (އާދީއްތަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑުތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

21 ޖަނަވަރީ 2018
ހޯދާ