މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގެ ދެކުނުބައިގެ ޕެރިމީޓަރ ފެންސް ޖެހުމާއި ތަޅުންއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކުނިކޮށީގެ ދެކުނުބައިގެ ޕެރިމީޓަރ ފެންސް ޖެހުމާއި ތަޅުންއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

              އަލިފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ދެކުނުފަރާތަށް އިތުރުކުރެވޭ ބައިގައި ޕެރިމީޓަރ ފެންސް ޖެހުމާއި އެތަނުގައި ތަޅުން އެޅުމުގެ މަސައްކަތްކުރުމަށް މި އިދާރާއިން ކުރި (IUL)298/2018/4 ނަންބަރު އިއުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

              މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 04 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތަކަށް މައުލޫމާތު ސާފުކުރެވޭނީ އެއްފަރާތައްކަމުގައި ދެންނެވީމެވެ.

              ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.           

              05 ޖުމާދަލްއޫލާ 1439

              22  ޖަނަވަރީ  2018

22 ޖަނަވަރީ 2018
ހޯދާ