|
މަޤާމް :
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމު ނަންބަރު:
|
J-247160 (3) ,J-247487 (2) ,J-292992 (1)
|
|
ބޭނުންވާ ޢަދަދު :
|
3 ( ތިނެއް )
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 4
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިަސަރ ގުރޭޑް 2
|
|
ސެކްޝަން:
|
އެޑްމިން
|
|
މަޤާމު އޮތް އޮފީސް:
|
މުޙްޔިއްދީން ސްކޫލް
|
|
ވަޒީފާ އަދާކުރަން ގެހޭތަން:
|
މުޙްޔިއްދީން ސްކޫލު / މާލެ
|
|
މުސާރަ:
|
-/5020 ރ
|
|
ސަރވިސް އެލަވަންސް:
|
-/1500 ރ
|
|
އިތުރު އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
ދާއިރާ:
|
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
- އިންފޮރމޭޝަން ޓެކްނޮލޮޖީ
- ހިޔުމަން ރިސޯސް މެނޭޖްމަންޓް
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކައި ވާޖިބްތައް:
|
ހިޔުމަން ރިސޯސް މަސްޢޫލިއްޔަތުތައް (އެޑްމިނިސްޓްރޭޓިވް އޮފިސަރ 1 )
- ހުރިހާ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ހާޟިރީ ރިޕޯޓްތައް ހެދުން
- ކޮންމެ އަހަރެއްފެށުމުން ހަވާލުވެފައިވާ ވެރިއެއްގެ އެހީތެރިކަމާއި އެކު ސްކޫލުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލް އަދި ވަޒީފާ ބަޔާން ތައްޔާރުކޮށް އެކަމާގުޅުން ހުރި ކަންކަން ކުރުން.
- ކޮންމެ މީލާދި އަހަރެއް ފެށުމުން މުވައްޒަފުންގެ ލީވް ޝެޑިއުލްކުރުން.
- މުވައްޒަފުނާ ގުޅުން ހުރި އެކި ރަޖިސްޓްރީތައް ބެލެހެއްޓުން.
- ހަވާލުކުރެވިފައިވާ މުވައްޒަފުންނާ ގުޅޭ ހުރިހާ ޑޮކިއުމަންޓް (ތަޢުލީމީ ސެޓްފިކެޓް، އައިޑީ ކާޑު ކޮޕީ، އީއޭ އޮރިޖިނަލް، ވޯކްޕަރމިޓް ކޮޕީ، ވަޒީފާ ބަޔާން، ވަޒީފާދެއްވިކަމުގެ ލިޔުން/ޗިޓް، މެޑިކަލް ސެޓްފިކެޓް، ސަލާންބުނިލިޔުން، ޚާޒިރީ ރިޕޯޓް، ޗުއްޓީ ޗިޓް، މުވައްޒަފުން ހުށައަޅާ ސިޓީ ތަކުގެ ކޮޕީ އަދި ، މިނޫންވެސް އެމުވައްޒަފަކާ ގުޅުންހުރި ލިޔުންތައް) މުވައްޒަފުގެ ޕަރސަނަލް ފައިލްގައި ފައިލްކުރުމާއި ސްކޭންކޮށް ސަރވަރގައި ސޮފްޓް ރައްކާކޮށް ބެލެހެއްޓުން.
- ވަޒީފާ ތަކަށް ބޭނުނވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްކުރުން.
- ސެޕްތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
- ސްކޫލަށް ލިބޭ އަދި ސްކޫލުން ފޮނުވާ ސިޓީ ފަދަތަކެއްޗަށް ޖަވާބުދިނުމާއި މުވައްޒިފުންނަށް އަންގަންޖެހޭ އެންގުންތައް އަންގާ ސޮއިކުރުވުން:
- ރިޕޯޓް ތައްޔާރުކުުރުން:
- މުވައްޒަފުންގެ ކޮންޓެކްޓް ލިސްޓް އަޕްޑޭޓްކޮށް ސަރވާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން ފޯލްޑާރ ގައި ބެހެއްޓުން؛
- އެކި އެކި ޑިއުޓީތާވަލްތައް ތައްޔާރުކުރުން:
- އެމިސް ސްޓޫޑަންޓް ޑޭޓާރ ބެއިސް އިން ކުރަންޖެހޭ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ކޮށްނިއްމުން.
- 3000 ޓީޓީ ޕްރޮޤްރާމްގެ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
އެކަޑަމިކް މަސްޢޫލިއްޔަތުތައް (އެޑްމިނިސްޓްރޭޓިވް އޮފިސަރ 2 )
- ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާ ލެއްފުން.
- އެކަޑަމިކް ސެކްޝަންގެ ސެޝަނަށް ޙާޟިރުނުވާ ޓީޗަރުންގެ ގަޑިތައްފުރުމަށް، ލީޑިންގ ޓީޗަރުންގެ ލަފާގެމަތިން ރިލީފް ޓީޗަރުން ހަމަޖައްސައި އެޓީޗަރުން ލައްވައި ސޮއިކުރުން.
- ދުވަހުން ދުވަހަށް އެކަޑަމިކް މެއިލް ޗެކްކުރުމާއި ސްކޫލު މެއިލްއަށް އައިސްފައިވާ ތަކެތި ދުވަހުން ދުވަހަށް އެންޓްރީއަށް ވެއްދުމާއި މެއިލް ރައްދު ވާންޖެހޭ ފަރާތްތަކަށް މެއިލް ފޮނުވުން.
- ކިޔަވައިދިނުމާއި ގުޅޭގޮތުން އެކިއެކި ދާއިރާތަކުން އަދި އަމިއްލަ ފަރާތަކުން ފޮނުވާ ސިޓީތަކަށް ވެރިންގެ ލަފާގެމަތިން ޖަވާބުދިނުމާއި ސިޓީތައް ފައިލްކުރުން
- ވެރިންގެ ލަފާގެމަތިން ބެެލެނިވެރިންނާއި ޓީޗަރުންނަށް ދެވޭ ނޯޓިސް ތައްޔާރުކުރުން.
- ސްކޫލުން ދަރިވަރުން ވަކިކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި ރަޖިސްޓްރީ އަޕްޑޭޓްކުރުން.
- ސްކޫލްގެ އެންރޯލްމަންޓް ރަޖިސްޓްރީ ބެލެހެއްޓުމާއި ތަފާސް ހިސާބު ފުރިހަމަކޮށް މިނިސްޓްރީއިން ހަމަޖައްސާ ތާރީހަކަށް ފޮނުވުން.
- އޯލެވެލް އިމްތިހާން އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކަމާބެހޭ ވެރިއެއްގެ ލަފާގެ މަތިން ފަރުވާތެރި ކަމާއިއެކުކޮށް ހުރިހާ ލިޔެކިޔުމެއް ފައިލް ކުރުން.
- ކިޔަވައިދިނުމާއި ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތައް ދުވަހުން ދުވަހަށް ކުރުން.
- އަހަރު ނިމުމުން ދަރިވަރުންގެ އަތުން އަބުރާ ހޯދަންޖެހޭ ޓެކްސް ފޮތްތައް ބަލާގަނެ ފޮތްތައް ތަރުތިބުކޮށް ފޮތްލިސްޓަށް އެޅުމަށްޓަކައި ލައިބްރަރިއަންނުނާއި ހަވާލުކުުރުން.
- ދަރިވަރުންގެ ލީވިންގް ސެޓްފިކެޓްތައް ތައްޔާރުކޮށް ދޫކުރުން.
- އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.
- އެމިސް ސްޓޫޑަންޓް ޑޭޓާރ ބެއިސް އިން ކުރަންޖެހޭ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ކޮށްނިއްމުން.
ޕްރޮކިއުމަންޓް މަސްޢޫލިއްޔަތުތައް (އެޑްމިނިސްޓްރޭޓިވް އޮފިސަރ 3 )
- ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
- ސްކޫލަށް އެކިއެކި ކަންކަމަށާއި ސްކޫލުގެ ސްޓޮކަށް ތަކެތި ގަތުން އަދި ސްކޫލަށް ބޭނުންވާ ހިދުމަތެއްހޯދުން؛
- ސްކޫލުގެ ޕިއޯން މެދުވެރިވެ ސްކޫލަށް މިތަކެތި ގެންނަންވާނެއެވެ.
- މަތީގައި ބަޔާންކުރެވިފައިވާ ފޯމްތަކުގެ ތެރެއިން ޕްރޮކިއުމަންޓް ރަޖިސްޓްރީ އަށް މިފޯމްތަކުގެ މަޢުލޫމާތު އެންޓާރ ކުރަންވާނެއެވެ.
- ސްކޫލަށް ހޯދޭތަކެތި ނުވަތަ ހިދުމަތް ލިބިގަތުމަށްފަހު އެތަކެތީގެ ނުވަތަ ހިދުމަތުގެ ބިލްތައްހޯދުން:
- ސާނަވީ އަހަރު ފެށުމުގެ ކުރިން ސްކޫލަށް ކިޔަވާދިނުމަށް ތަކެތި ކުރަންޖެހޭ ސްކޫލްގެ ޓީޗަރުންނާ ސްކޫލުން ހަވާލުކުރޭ ސްޓޭޝިނަރީ ދޫކުރުމާއި އަބުރާ ހޯދުން:
- ސްކޫލަށް ހަމަޖެހިފައިވާ ޕެޓީކޭޝް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕެޓީކޭޝް ރަޖިސްޓްރީ އާއި އެސްއޭޕީ ސިސްޓަމްއަށް އެންޓަރ ކުރުން. އަދި ހަރަދުކޮށް އެސް އޭޕީ ސިސްޓަމް މެދުވެރިކޮށް ޕެޓީކޭޝްފައިސާ ރީއެއްބާސްކުރުމަށް ރިޕޯޓް ތައްޔާރުކޮށް ބެޖެޓް ސެކްޝަނަށް ހަވާލުކުރުން. އަދި ފައިސާ މިނިސްޓްރީ އޮފް ފިނޭންސުން ލިބުމުން ބެޖެޓްސެކްޝަނުން އެފައިސާ ބަލައިގަތުން.
- ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑުތަކުގެ ތަޅުގަނޑިތައް، ދޫކުރުމާއި ރިކޯޑް ބެލެހެއްޓުން.އަދި ސެކިއުރިޓީ އޮފިސަރުންގެ ރަޖިސްޓްރީ މަހަކު އެއްފަހަރު ޗެކްކޮށް ޤަވާއިދާއެއްގޮަށް މަސައްކަތް ކުރަމުން ދޭތޯ ނުދޭތޯ ބަލާ ހެދުމަށްފަހު ސްޕްވައިޒަރަށް ރިޕޯޓް ކުރުން.
- އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.
|
|
މަޤާމުގެ ޝަރުތު:
|
ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.
- ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މުޙްޔިއްދީން ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިނިސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާތަކުގައި ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމް މުޙްޔިއްދީން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ 31 ޖަނަވަރީ 2018 ވާ (ބުދަ) ދުވަހުގެ 12:00 ގެ ކުރިން، މުޙްޔިއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލއި ގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަަރަކީ 3390636 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 31 ޖަނަވަރީ 2018 އާއި 05 ފެބްރުވަރީ 2018 އާ ދެމެދު މުޙްޔިއްދީން ސްކޫލް ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުމާއި
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
30%
|
|
އިރުތު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3390634، 3390635 ނަބަރު ފޯނާއެވެ. ފެކްނަންބަރު 3390636 އެވެ. އީ- މެިއލް ކުރާނީ [email protected] އަށެވެ.
|