އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ޑިރެކްޓަރ

 

       ނަންބަރު:  IUL32-A4-HR/1/2018/10

 

އިޢުލާން

 

 

 މަޤާމް

ޑިރެކްޓަރ

މަޤާމުގެނަންބަރު

J-290544

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން / ޔުނިޓް:

ހިއުމަން ރައިޓްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ޑިވިޜަން

މަޤާމު އޮތް އޮފީސް:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

މުސާރަ:

8,835 (އަށްހާސް އަށްސަތޭކަ ތިރީސްފަސް) ރުފިޔާ

ސަރވިސް އެލަވަންސް:

2,000 (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  1. އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާއި، ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތައްޔާރުކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  2. ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންއާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމާއި، ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުވުން.
  3. އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ރިޕޯޓުތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތަކާ ގުޅިގެން ރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުން.
  4. އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤުކުރުމާގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
  5. އަލަށް އެކުލަވާލެވޭ، އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުން.
  6. ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބައިނަލްއަޤުވާމީ އިދާރާތަކާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  7. ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ބައިނަލްއަޤުވާމީ އިދާރާތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  8. ލީގަލް އެއިޑްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމާއި، ޝަރުތު ހަމަވާ ފަރާތްތަކަށް ވަކީލުން އައްޔަންކޮށްދީ، ލީގަލް އެއިޑް ހަމަޖައްސައިދޭ ފަރާތްތަކުގެ ދަފްތަރު ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ލީގަލް އެއިޑް އުޞޫލު މުރާޖަޢާކޮށް އިޞްލާޙުކުރުމާއި، ލީގަލް އެއިޑްއާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން.
  9. މިއޮފީހާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ތައްޔާރުކޮށް ރާވައި ހިންގުން.
  10. ޑިވިޜަންގެ މަސައްކަތްތައް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޕޮލިޓިކަލް ސައިންސް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ ހިއުމަން ރައިޓްސް/ ގަވަރނަންސް/ ޕަބްލިކް ޕޮލިސީ/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޖަރނަލިޒަމް/ ކޮމިއުނިކޭޝަން ސްޓަޑީޒް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ޕޮލިޓިކަލް ސައިންސް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ ހިއުމަން ރައިޓްސް/ ގަވަރނަންސް/ ޕަބްލިކް ޕޮލިސީ/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޖަރނަލިޒަމް/ ކޮމިއުނިކޭޝަން ސްޓަޑީޒް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ޕޮލިޓިކަލް ސައިންސް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ ހިއުމަން ރައިޓްސް/ ގަވަރނަންސް/ ޕަބްލިކް ޕޮލިސީ/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޖަރނަލިޒަމް/ ކޮމިއުނިކޭޝަން ސްޓަޑީޒް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

-          މަސައްކަތްތަކާއި ގުޅުންހުރި ދާއިރާއަކުން މަތީ ތަޢުލީމް ހާޞިލްކޮށްފައިވުން.  

-          މަސައްކަތުގެ ދާއިރާގައި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު މުޢާމަލާތުކޮށް މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) (މި އޮފީހުގެ ވެބްސައިޓުގައިވާ ނަމޫނާއާ އެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.agoffice.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، އިދާރާގެ ފެކްސް ނަންބަރު 3314109 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30، ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނޯޓު ނަންބަރު 188-PSM/CIR/2016/112 (20 ޑިސެންބަރު 2016)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

މި މަޤާމަށް ޝަރުތުފުރިހަމަވާ މީހަކު ނުލިބިއްޖެނަމަ ވަގުތީ މީހުންވެސް ބޭނުންވެއެވެ.

 

 04  ޖުމާދަލްއޫލާ   1439

21 ޖަނަވަރީ 2018
ހޯދާ